ސަލްމާން ބްލެޓް ޕްރޫފް ކާރެއް ގަނެފި

ސަލްމާން ބްލެޓް ޕްރޫފް ކާރެއް ގަނެފި

Author
ފާތިމަތު ނާވީ
14 އޭޕްރިލް 2023 06:43
0

ދޭތެރެ ދޭތެރެއިން މަރުގެ އިންޒާރު ލިބެމުން އަންނަ ބޮލިވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން ބްލެޓް ޕްރޫފް ކާރެއް ގަނެފިއެވެ.

ލޯރެންސް ބިޝްނޯއީ އާއި އޭނާގެ ގޭންގުން މަރުގެ އިންޒާރު ސަލްމާން އާއި އޭނާގެ ބައްޕަ އަށް ދީފައިވަނީ މިދިއަ އަހަރުގައިއެވެ. އެފަހުން ވެސް މިއަހަރު ފެށުނު ތަނާވެސް ސަލްމާން އަށް މަރުގެ އިންޒާރު ދިފައިވެއެވެ. އަދި ދާދި މިދާކަށް ދުވަހު މަރުގެ އިންޒާރު ދިނުމުން ޖޯދުޕޫރުން އުމުރުން ހަގު ކުއްޖަކު ހައްޔަރުވެސް ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މިހުރިހާ މައްސަލައެއް ފުލުހުންނަށް ހުށައަޅައި ފުލުހުން އަންނަނީ މި މައްސަލަތަށް ބަލަމުންނެވެ. އަދި އެއާއި އެކުގައި ސަލްމާން އަށް ވަނީ ސެކިއުރިޓީވެސް ވަރުގަދަ ކޮށްދީފައިއެވެ. މިއާއި އެކުގައި ސަލްމާން މިހާރު ދާހާ ތާކަށް ދަނީ ހަށިފާރަވެރިންގެ ބޮޑު ފައުޖަކާއި އެކުގައިއެވެ.

ސަލްމާން އަށް އިންޒާރު ދެމުން ދާތީ އޭނާ ވަޒަން ނާރާ ކާރެއް ގަނެފައި މިހާރު ދަތުރު ކުރަނީ އެ ކާރުގައިއެވެ. އެގޮތުން އޭނާ އަލަށް ގަތް ކާރުގައި ވަނީ ދާދި ފަހުން ނީތާ މުކޭޝް އަމްބާނީ ހޯސްޓްކުރި އިވެންޓަށް ގޮސްފައިއެވެ.

ސަލްމާން ހާން ގަތް ބުލެޓްޕްރޫފް ކާރަކީ ނިސާން ޕެޓްރޯލް އެސްޔޫވީއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އޭގެ ތެރޭގައި ތިބި މީހުން ބަޑިޖަހާ ނުވަތަ ހަމަލާތަކުން ރައްކާތެރިވުމަށް ބުލެޓްޕްރޫފް އާމަރެއް ހަރުކޮށްފައިވާ އެއްޗެކެވެ. މަޝްހޫރު ފަރާތްތަކާއި މަތީ ފެންވަރުގެ ފަރާތްތަކުން މިފަދަ ސަލާމަތީ ފިޔަވަޅުތަށް މަތީ ކާރުގައި ދަތުރު ކުރެއެވެ. މި ކާރަކީ 1.5 ކަރޯޑްގެ އެސްޔޫވީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.