ބޮލީވުޑްގެ ކިންގް ހާން ގެ ގޮތުގައި މަޝްހޫރު ޝާހުރު ކާން ގެ އަންހެން ދަރިފުޅު ސުހާނާ ހާން މަޝްހޫރު މޭކަޕް ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
އުމުރުން 22 އަހަރުގެ ސުހާނާގެ ފުތަރަމަ އިންޓަނޭޝަނަލް އެންޑޯޒްމަންޓަކީ އެމެރިކާގެ މަގުބޫލު މޭކަޕް ބްރޭންޑް، "މެބެލިން" އެވެ. ބޮލީވުޑްއަށް ތައާރަފް ވުމުގެ މަގުމަތީގައި ހުރި ސުހާނާ ބޮޑު ބްރޭޑެއްގެ އެމްބެސެޑަރު ކަން ލިބުމާއި ގުޅިގެން އޭނާގެ ބައްޕަ ޝާހުރުކް ހާން ވަނީ އެކަމަށް ތައުރީފް ކޮށްފައިއެވެ. މީގެ ދެދުވަހެއް ކުރިން ވަނީ ނިއު ޔޯކް ގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެކަން އިއުލާން ވެސް ކޮށްފަ އެވެ.
ވަރަށް އަވަހަށް ނެޓްފްލިކްސްގެ "ދަ އާޗީސް" އިން ބޮލީވުޑަށް ސުހާން ތައާރަފުވާނެއެވެ. އޭނާގެ މަގްބޫލުކަމާއި މަޝްހޫރުކަމަށް ވިސްނައިގެން އޭނާ ތައާރަފްވުމުގެ ކުރިން ނިއުޔޯކްގެ ބިއުޓީ ބްރޭންޑް މެބެލިންގެ މޫނަކަށް ވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މިހާރުވެސް ގިނަ ބަޔަކު ވަނީ އޭނާ ޓްރޯލް ކުރަން ފަށައިފައިއެވެ.
ސުހާނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތް ތެރި ކުއްޖެކެވެ. މިހާރު ވެސް ތިން މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އޭނާގެ އެބަތިއްބެވެ.
ޑައިރެކްޓަރު ޒޯޔާ އަޚްތަރު ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ދަ އާޗީސް" އަކީ ބޮލީވުޑްގެ ގިނަ ސްޓާ ކިޑުން ތަކެއް ތައާރަފް ވާނެ ފިލްމް އެކެވެ.
ކޮމެންޓު ފޮނުވާ