ބްރިޖް މަސައްކަތުގެ ފެންނަ މަންޒަރު ކުޑަވިޔަސް، މަސައްކަތް ބާރަށް ކުރިއަށްދޭ: މިއުވާން

ބްރިޖް މަސައްކަތުގެ ފެންނަ މަންޒަރު ކުޑަވިޔަސް، މަސައްކަތް ބާރަށް ކުރިއަށްދޭ: މިއުވާން

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2023 11:53
0

ބްރިޖް މަސައްކަތުގެ ފެންނަން ހުންނަ މަންޒަރު ކުޑަވިޔަސް، މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތަށް ގެނައި "ރުމެއިލާ" ފޮނުވާލި ފޮނުވާލުމާއި، އަދި މަސައްކަތަށް ބޭނުންވާ އެހެން އުޅަދެއް އަންނާނެ ތާރީހެއް ސާފު ކުރުމަށް މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ "ރުމެއިލާ" ފޮނުވާލީ މިވަގުތު އޭގެ އެހީގައި ކުރަން ހުރި ބްރިޖު މަސައްކަތްތައް ނިމުމުން ކަމަށާއި އެ އުޅަނދު ދިޔަޔަސް، ބްރިޖު މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ބްރިޖް މަސައްކަތްތައް ޝެޑިއުލްއާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. މަސައްކަތް ނުހުއްޓި މިހާރުވެސް ބްރިޖުގެ އެކި ހިސާބުގަ ޖަހާ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މިހާރުވެސް ތަނބުތައް ޖަހާއިރު ބޭނުން ކުރަމުންދަނީ އެކި ޕްލެޓްފޯމްތައް ކަމަށާއި، އެކަންކަން ކުރިއަށްދާކަމަށެވެ.

މިއުވާން ވިދާޅުވީ މީގެ މަހެއްހާ ދުވަސްކުރިން އޭނާވެސް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ދިޔަ ކަމަށެވެ. އެތަނުގައި އެއްވެސް ހުއްޓުމެއްނެތި މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މިހާރު ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތްދާއިރު ވިލިމާލެއާއި، މާލެއާއި ދެމެދު ބްރިޖް މިއަހަރު ގުޅާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބްރިޖުގެ މަސައްކަތުގެ ތަނބުތަކުގެ މަސައްކަތް ކުރަމުންދަނީ ކަނޑު އަޑީގައި ކަމަށްވުމުން ފެންނަ މަންޒަރު ކުޑަވިނަމަވެސް މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މިއުވާން ވިދާޅުވިއެވެ.

އެފްކޮންސްގެ އަމާޒަކީ 2024 ވަނަ އަހަރު ބްރިޖުގެ ހުރިހާ މަސައްކަތެއް ނިންމުމެވެ. އަންނަ ޑިސެމްބަރު މަހު ބްރިޖު މާލެއިން ގުޅިފަޅަށް ނިންމާލުމަކީ އެފްކޮންސްގެ އަމާޒެކެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ ތިން ނެވިގޭޝަން ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލފް
ިރ ބްރިޖޭ ކިޔަން އެނގޭތޯ ގަމާރު މިއުއާން