އައިއެސްޑީބީގެ ދެ ސްކޮލަޝިޕް ޕްރޮގްރާމްއެއް ރާއްޖެއަށް

އައިއެސްޑީބީގެ ދެ ސްކޮލަޝިޕް ޕްރޮގްރާމްއެއް ރާއްޖެއަށް

Author
އަޒްފާ ރަޝީދު
12 އޭޕްރިލް 2023 09:08
0

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ ފަރާތުން ރާއްޖެ އަށް ލިބުނު ދެ ސްކޮލަޝިޕް ޕްރޮގްރާމަކަށް ހުޅުވާލއިފި އެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ އެ ދެ ސްކޮލަޝިޕް ޕްރޮގްރާމަކީ މާސްޓަ އޮފް ސައިންސް ސްކޮލަޝިޕަކާއި މެރިޓް ސްކޮލަޝިޕް ޕްރޮގްރާމް ފޯ ހައި ޓެކްނޮލޮޖީ ފޯ ޕީއެޗްޑީ އެންޑް ޕޯސްޓްޑޮކްޓަރަލް ރިސާޗް ކަމަށެވެ. މި ދެ ޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ސްޓައިޕެންޑް އާއި މެޑިކަލް އިންޝުރެންސާއި ތީސިސް އެލަވަންސް އަދި ދެކޮޅު ޓިކެޓް ސްކޮލަޝިޕް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައި ދޭނެ އެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމްތަކަށް އެޕްލައި ކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 30 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މިއާ ބެހޭ އިތުރު މައުލޫމާތު އައިޑީބީގެ ވެބްސައިޓް www.isdb.org/scholarships އިން ލިބޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.