ކަނޑު އުޅަނދުތަކަށް ޑިޖިޓަލް ލައިސަންސް އަންނަ ޖުލައި މަހު ދޫކުރާނެ

ކަނޑު އުޅަނދުތަކަށް ޑިޖިޓަލް ލައިސަންސް އަންނަ ޖުލައި މަހު ދޫކުރާނެ

Author
އަޒްފާ ރަޝީދު
12 އޭޕްރިލް 2023 08:45
0

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑު އުޅަނދުތަކަށް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޑިޖިޓަލް ލައިސަންސް ދޫކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އޮޑިތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ލައިސަންސް ފޮތުގެ ބަދަލުގައި ބޭނުން ކުރާނެ ޑިޖިޓަލް ލައިސެންސް އޮޑިތަކަށް ދޫކުރާނީ ޖުލައި މަހުގެ 15 އިން ފެށިގެންނެވެ. އޭގެ ފަހުން މިހާރު ބޭނުންކުރާ ލައިސަންސް ފޮތް ބޭނުން ކުރުން ނިމުމަކަށް އަންނާނެ އެވެ.

ޓްރާންސްޕޯޓުން ބުނީ ޑިޖިޓަލް ލައިސަންސް ބޭނުން ނަމަ، ޕްރިންޓްކޮށްގެން ވެސް ބޭނުން ކުރެވިދާނެ އެވެ. ސަބަބަކީ އެ އުޅަނދެއް އެ ވަގުތު އޮންނަ ސަރަހައްދަކުން ރޭންޖް ނުލިބޭ މައްސަލަ ދިމާވެއްޖެ ނަމަ ޑިޖިޓަލް ލައިސަންސް ބޭނުން ކުރުން ދަތިވާނެތީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަން ތަކުރު
ތި ބުނާހުރިހާ އެއްޗެއް ޑިޖި ޓަލޭ އަނެކައްޗެކޭ ކިޔާ އަހަރުމެނަން ބޮޑު މުސީބާ ތަޖކަން ވެއްޖެ