ސުޕަސްޓާ ސަލްމާން ހާންގެ މިއަހަރުގެ ފިލްމް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ފިލްމްގެ ކާސްޓާއި އެކުގައި ބޭއްވި ކުލަ ގަދަ ހަފްލާއެއްގައި ފިލްމްގެ ޓްރެއިލާ ލޯންޗް ކޯށްފައިވާ އިރުގައި ފިލްމް އަކީ ހުރިހާ ރަހަތަކެއް ވެސް ހިމެނޭ ފިލްމް އެއް ކަން ޓްރެއިލާ ބަލާލުމުން ފާހަގަ ވެއެވެ.
ފިލްމްގެ ޓްރެއިލާ ލޯންޗް ކުރި އިރުގައި ފިލްމްގެ ބައެއް ލަވަ ތަށް ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައިއެވެ. އަދި ގިނަ ބަޔަކަށް މި ލަވަތަށް ވަރަށް ކަމުގޮސްފައިވެސް ވެއެވެ. މީ ސަލްމާން އާއި ޕޫޖާ ހޭގްޅޭ ލީޑުން ފެނިގެންދާ ފިލްމްއެކެވެ.
ފަރުހާދު ސަމްޖީ ޑައިރެކްޓުކުރާ މި ފިލްމުގައި ސަލްމާނާއި ޕޫޖާގެ އިތުރުން މި ފިލްމުގ ކާސްޓުުންގެ ތެރޭގައި ޝެހެނާޒް ގިލް (ސަނާ)، ޖައްސީ ގިލް، ރާގަވް ޖުޔަލް، ޕަލަކް ތިވާރީ، ވެންކަޓޭޝް، ޖަގަޕަތީ ބާބޫ، ސިދާތު ނިގާމް، ބޫމިކާ ޗާވްލާ، ބަގިޔާޝްރީ އަދި އަބިމަންޔޫ ސިންގް ހިމެނެ އެވެ.