"ވޯ 2″ ގެ ބަތަލާ އަކަށް އާލިއާ

"ވޯ 2″ ގެ ބަތަލާ އަކަށް އާލިއާ

Author
ފާތިމަތު ނާވީ
12 އޭޕްރިލް 2023 08:47
0

2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވޯ 2″ ގެ ދެވަނަ ބައިގެ ބަތަލާ އަކީ އާލިއާ ބަޓް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" އިން އާލިއާ ފެނިގެންދާނެ ކަން ހަބަރުތަކުން ބުނި ކަމުގައިވީނަމަވެސް އަދި ރަސްމިކޮން އެކަން އިއުލާން ކޮށްފައިއެއް ނުވެއެވެ.

ލީޑުން ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ފެނިގެން ދިއަ "ވޯ" އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. މި އެކްޝް ފިލްމްގެ ސީކުއަލް އިން ރިތިކް އާއި އެކުގައި ފެނިގެންދާނީ ސައުތުގެ މަޝްހުރު އެކްޓަރު އެންޓީއާރް ޖޫނިއާ ކަމަށް މިފަހުން ވަނީ މައުލޫމާތު ލިބިފައިއެވެ. އާލިއާ އާއި އެންޓިއާރް އެކުގައި މީގެ ކުރިން ވަނީ މަސައްކަތް ކޮށްފައިއެވެ. އެއީ ފިލްމް "އާރްއާރްއާރް" ގައިއެވެ.

މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނީ 2019 ގައި ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދިން "ވޯ" ގެ ސީއެލްއެލްގައި މި ފަހަރު ރިތިކް ރޯޝަނާ އެކީ ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް މުހިއްމު ރޯލެއް ކުޅޭނެ ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީ ކަމަށެވެ. ނަމަވެސް ފިލްމް އިން ޓައިގާ ފެންނާނެ ތޯ ނުވަތަ ނޫންތޯ އަދި ކަށަވަރެއް ނުވެއެވެ.

ފިލްމް ޑައިރެކްޓް ކުރުމާއި ހަވާލުވެ ހުރީ އާލިއާގެ ފިރިމީހާގެ އެންމެ ގާތް އެކުވެރިއާ އަޔާން މުކަރްޖީއެވެ. އާޔާން އާއި އެކުގައި އާލިއާ ވަނީ މީގެ ކުރިން މަސައްކަތް ކޮށްފައިއެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "ބުރައްމަސްތުރާ" އެވެ. ގިނަ ރެކޯޑްތަކެއް މުގުރާލި ކާމިޔާބު މި ފިލްމްގެ ލީޑުން ފެނިގެން ދިއައީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުއެވެ.

"ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ ވޯ" އަކީ އޭކް ތާ ޓައިގާ  އާއި ޓައިގާ ޒިންދާ ހޭ އަށް  ފަހު ވައިއާރްއެފްގެ ތިން ވަނަ ޖާސޫސީ ފިލްމެވެ. އެކަމަކު އެ ފިލްމަކީ ކުރީގެ ޓައިގާ ފިލްމުތަކާ ސާފު ގުޅުމެއް ނެތް ސޯލޯ ފިލްމެއްގެ ގޮތުގައި އުފެއްދި  ފިލްމެކެވެ.

ރިތިކްގެ "ވޯ 2" އަކީ ކުރީގެ ފަސް ޖާސޫސީ ފިލްމުގެ ވެސް ބޮޑު ކްރޮސްއޯވާއަކަށް ވާނެ އެވެ. ސީކުއެލް ލިޔެފައި ވަނީ ކުރީގެ ޖާސޫސީ ވާހަކަތަކާ ގުޅުމެއް އޮންނަ ގޮތަށެވެ. ރިތިކް އެނބުރި އަންނާނީ މޭޖާ ކަބީރު ދަލީވާލްގެ ރޯލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.