އަމީނީމަގުގެ މަސައްކަތް ދާގޮތުން ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކެއް ދަނީ ކުރިމަތިވަމުން: މުއިއްޒު

އަމީނީމަގުގެ މަސައްކަތް ދާގޮތުން ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކެއް ދަނީ ކުރިމަތިވަމުން: މުއިއްޒު

ގުޅުންހުރި

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާގޮތުން ރައްޔިތުންނަށް އެކި ކަހަލަ ތަކުލީފްތައް ކުރިމަތިވަމުން އަންނަކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ސަބަބުން ރައްޔިތުން ބޮޑެތި ތަކްލީފު އުފުލަމުން ކަމަށާއި އެގޮތުން ނަފްސާނީ، އިޖްތިމާއީ އެތައް ގެއްލުމެއްވަމުންވަމުން އަންނަކަމަށް މޭޔަރު ވިދާޅުވުއެވެ.

އަދި މިކަންކަން ރައްޔިތުން ކައުންސިލާއި ހިއްސާ ކުރަމުންދާ ކަމަށްވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުން އެދެނީ ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަސައްކަތުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގުގައި މަގު ބައްތިޖަހާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ