ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ

ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ

Author
ހުސެއިން
09 އޭޕްރިލް 2023 02:43
0

ރ. މަޑުއްވަރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެ ރަށު ކައުންސިލްގެ އެސްޖީ ނިޔާވެއްޖެއެވެ.

މަޑުއްވަރިން "ޚަބަރު އޮންލައިން"އާއި ވާހަކަ ދެއްި މީހަކު ކިޔައިދިން ގޮތުގައި އަސްލަމް، 40، ނިޔާވެފައިވަނީ، ކައުންސިލްގެ ޕިކަޕް ފަހަތަށް ޖެއްސިއިރު، ފަހަތުގައި އެސްޖީ އަސްލަމް ހުރިކަން ޑްރައިވަރަށް ނޭގި ހިނގި އެކްސިޑެންޓެއްގައި ކަމުގައެވެ. އޭނާ ކިޔައިދިން ގޮތުގައި އަސްލަމް ތާށިވީ ޕިކަޕްއާއި ފަހަތުގައި ހުރި ފާރާ ދޭތެރޭގައެވެ.

އަސްލަމަށް އަނިޔާވެގެން އޭނާ ވަނީ ވަގުތުން އުނގޫފާރަށް ފުރުވާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްލަމް ނިޔާވެފައިވަނީ ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި ހަދިސާ ތަހުގީގު ކުރަމުންދާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.