ސައުދީ ސަފީރު އަލްދޮސާރީ މިއަދު ބޭއްވެވި ރޯދަ ވީއްލުމުގައި ކުރީގެ ދެރައީސުން ކަމަށްވާ، ރައީސް މުހައްމަދު ނަޝިދާއި އެމަނިކްފާނުގެ ނާއިބު ރައީސް، ރައީސް ވަހީދުއާއި ދެބޭފުޅުން ބައިވެރިވަޑައިގެން، އެއް ސުފުރާއެއްގައި ރޯދަ ވީއްލުމުގައި ބައިވެރިވެ ވަޑައިގެންފިއެވެ.
މިއީ ނަޝީދުގެ ވެރިކަން "ބަޢާވާތަކުން" ވައްޓާލުމުގެ އެންމެ އިސް މޭސިތިރިއެއްގެ ގޮތުގައި ނަޝީދު އަބަދުވެސް ސިފަ ކުރައްވަމުން ގެންދަވާ ކުރީގެ ރައީށް ޑރ. ވަހީދުއާއި ނަޝީދުއާއި ދެބޭފުޅުން ފަހަކަށް އައިސް އެއް ފޯރަމެއްގައި ޖެހިޖެހިގެން ތިއްބަވަނިކޮށް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
ސައުދީ ސަފީރު އިންތިޒާމް ކުރެއްވި މި ރޯދަ ވީއްލުމުގައި ނަޝިދާއި ޑރ. ވަހީދުއާއި ދެބޭފުޅުން ޖެހިޖެހިން ތިއްބެވިއިރު ދެބޭފުޅުންވެސް ތިއްބެވީ ވަރަށްވެސް ބޮޑަށް ހިނިތުން ކުރައްވައިގެންނެވެ.
ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ވަހީދަކީ ބަޢާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އަދި ދުވަހަކުވެސް ރައީސް ވަހީދާއެކީ މަސައްކަތް ނުކުރައްވާނެކަމަށްވެސް، ވެރިކަން ވެއްޓި ދިއުމަށްފަހު ނަޝީދު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޢާވާތަކުންތޯ ބެލުމަށް ރާއްޖޭގެ އޭރުގެ ހުރިހާ ސިޔާސީ ފަރާތްތަކެއް ޝާމިލްވާގޮތަށް އަދި ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ބައިވެރިވެގެން ހިންގި ތަހުގީގުން ސާބިތު ވެފައިވަނީ ވެރިކަން ވެއްޓުނީ އެއްވެސް ފަރާތަކުން ބަޢާވާތް ކޮށްގެން ނޫން ކަމުގައެވެ.
އެހެނެންމަވެސް "ކޯނީ ރިޕޯޓު"ގެ ގޮތުގައި އެކުލަވާލި ތަހުގީގީ ރިޕޯޓު ފަހުން ނަޝީދު ގަބޫލު ކުރައްވާފައެއް ނުވެއެވެ.
One Response
ހިނި ވަރުނަ ކުރެއްވުން ކިޔަނީ