ފިލަން އުޅެނިކޮށް ދެ ސައިކަލްގައި ޖެހި އެކްސިޑެންޓް ވެއްޖެ

ފިލަން އުޅެނިކޮށް ދެ ސައިކަލްގައި ޖެހި އެކްސިޑެންޓް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2023 11:30
0

ރޭ ދަންވަރު މާލޭގައި ބާރަށް ދުއްވި ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް އިތުރު ދެ ސައިކަލްގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.

ބާރަށް ދުއްވި ސައިކަލްގައި ތިބި ދެ މީހުން ވަނީ އެ ވަގުތު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުތައް ހިނގީ ރޭ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް 1:00 ހާއިރު ގަޑިބުރު ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް ކަމަށެވެ.

މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް އިތުރު ދެ ސައިކަލެއްގައި ޖެހުނީ ނަލަހިޔާ ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓް ވުމުން ވެސް ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލާގައި ސައިކަލުގައި ތިބި ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށާއި ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.