ބޮޑު މޮޅަކާއިއެކު އާސެނަލްއިން އެއްވަނައިގެ ލީޑު ދަމަހައްޓައިފި

ބޮޑު މޮޅަކާއިއެކު އާސެނަލްއިން އެއްވަނައިގެ ލީޑު ދަމަހައްޓައިފި

ގުޅުންހުރި

އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއިން ލީޑު ދަމަހައްޓައިފިއެވެ.

އާސެނަލްއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. ލީޑްސް ކައިރިން އާސެނަލަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ގަބްރިއެލް ޖީސޫސްއެވެ. މިއީ ލީޑްސްގެ ލޫކް އެއިލިން އޭރިއާތެރެއިން ޖީސޫސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ބެން ވައިޓް ވަނީ އާސެނަލްގެ ލީޑުފުޅާކޮށްދީފައެވެ. މެޗުގެ 55 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުން ޖީސޫސް ވަނީ އާސެނަލަށް އިތުރު ގޯލެއް ޖަހައިދީފައެވެ.

އާސެނަލަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 76 ވަަނަ މިނިޓްގައި ލީޑްސްގެ ރަސްމުސް ކްރިސްޓެންސަން ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފައެވެ. އޭގެ ފަހުން، މެޗުގެ 84 ވަނަ މިނިޓްގައި އާސެނަލްގެ ފަހު ގޯލު ޖެހީ ގްރޭނިޓް ޝަކާއެވެ.

މި ނަތީޖާތަކަށް ފަހު އާސެނަލް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކުއެވެ. އެއް ވަނައިގައި އޮތް އާސެނަލަށް ވަނީ 29 މެޗުން 72 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 28 މެޗުން 64 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ