އެމްޑީޕީގެ އާންމު މެމްބަރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުންދާ މަސައްކަތް ހުއްޓުވައި، ރައީސް ނަޝީދު ޕާޓީން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ގޮވާލައިފިއެވެ.
ޖެނުއަރީ މަހުގެ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް %61 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގެންފައި ވަނީ %39 ވޯޓެވެ. އިންތިޚާބަށްފަހު ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ހިންގައި ރައީސް ޞާލިހާއި ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކާއި ގުޅިގެން އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދު މީގެ ކުރިން އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް އެމްޑީޕީގެ އަސާސީ ގަވާއިދުން ބޭރުން އެތައް ބަޔަކު ޕާޓީން ވަކި ކުރިކަމަށެވެ. މިއަދު ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވާއިދާއި ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދާ އަމަލުތަކާއި ޕާޓީގެ އާންމު މެމްބަރުން ނިންމާފައިވާ ނިންމުމަށް ގޮންޖަހައި ހިންގަމުންދާ އަމަލުތަކާއި ގުޅިގެން ފިޔަވަޅު އަޅައި ރައީސް ނަޝީދު ޕާޓީން ބޭރު ކުރުމަށް އިސްމާއިލް ވަނީ ގޮވާލާފައެވެ.
ވަކި ފަރުދެއްގެ މަސްލަހަތު އިސްކޮށް މެމްބަރުން އިންތިޚާބުކުރި ކިތައްމެ މަޤާމެއްގައިތިބި ކިތައްމެ ބޭފުޅަކު އެދުވަހު ބޭރުކުރި! [އިބުރާ، ރީކޯ، ޑީޑީ، އަލްހާން…!] މިއަދު އެގޮންޖަހަނީ މި ޕާޓީގެ އަގުލަބިއްޔަތު މެމްބަރުން ނިންމި ނިންމުމަށް! ފިޔަވަޅުއަޅައި ބޭރުކުރަން ގޮވާލަން!
– އިސްމާއިލް ވިދާޅުވިއެވެ.
ވަކި ފަރުދެއްގެ މަސްލަހަތު އިސްކޮށް މެމްބަރުން އިންތިޚާބުކުރި ކިތައްމެ މަޤާމެއްގައިތިބި ކިތައްމެ ބޭފުޅަކު އެދުވަހު ބޭރުކުރި!
[އިބުރާ،ރީކޯ،ޑީޑީ،އަލްހާން…!]މިއަދު އެގޮންޖަހަނީ މި ޕާޓީގެ އަގުލަބިއްޔަތު މެމްބަރުން ނިންމި ނިންމުމަށް!
ފިޔަވަޅުއަޅައި ބޭރުކުރަން ގޮވާލަން! @faya_i pic.twitter.com/cuxTS0PHyW— Ismail Ahmed (@N4Isse11) March 31, 2023
ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއިއެކު މަސައްކަތް ކުރުމަށް މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް ނަޝީދު ހިންގަވާ ހަރަކާތްތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ނަޝީދަށް އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން އެ ގޮތަށް ތަން ނުދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން މަޤާމުތަކުން ވަކި ކުރަމުންދާއިރު، ރައީސް މިހާތަނަށް ރައީސް ނަޝީދާއި މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއިމެދު ފިޔަވަޅެއް އަޅާފައިނުވެއެވެ.
One Response
ދތްއަޅަން ކެރޭކުއްތާއެއް ހަޅޭކެއް ނުލަވާނެއެވެ ކަލޭމެންނަކަށް ތިޔަކަންކުރާކަށް ނުކެރުނު ކެރޭނެނަމަ ތިޔަކަން ކުރަންވިތާ ކިތައްމެ ދުވަހެއް