ތިލަފުށީ ސައިޓެއްގައި ރޯވެ އަދަނީ

ތިލަފުށީ ސައިޓެއްގައި ރޯވެ އަދަނީ

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2023 01:43
0

ތިލަފުށީގައި ހުރި ސައިޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ރޯވަމުން އެބަދެއެވެ.

މީގެ އިރުކޮޅެއް ކުރިން ރޯވި މިއަލިފާން ގަނޑު ވަރަށް ބޮޑަށް ފެތުރި ބޯކޮށް ދުން އަރަމުންދާތަން ފެނެއެވެ. މިހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ އެހެން އިމާރާތްތައްވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.

އެމްއެންޑީއެފްއިން ބުނީ ތިލަފުށީ އެމްޕީއެލް ސަރަހައްދުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވަމުންދާކަމަށެވެ. ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރެމުންދާތީ ވަރަށް ބޮޑަށް ދުންގަނޑު އެސަރަހައްދުގައި ދަނީ ފެތުރެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.