އެމްޑީޕީ މިސްރާބު ހުރީ ނަޝީދުގެ ހުދުމުހުތާރު ކަމުން މިންޖުވުމަށް: މޫކޭ

އެމްޑީޕީ މިސްރާބު ހުރީ ނަޝީދުގެ ހުދުމުހުތާރު ކަމުން މިންޖުވުމަށް: މޫކޭ

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2023 05:54
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މިސްރާހު މިހާރު ހުރީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުހެ ޚުދުމުތާރު ކަމުން މިންޖުވުމާއި ދިމާލަށް ކަމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

އެގްރޯނެޓްގެ އެމްޑީގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީ ހާރޫން އެމަޤާމުން ވަކި ކުރުމާއި ގުޅިގެން ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލުގައި ދެން ހާރުންމެންފަދަ ބޭފުޅުންނަށް ޖާގަ ނޯންނާނެ ގޮތަކަށް ކަންކަން ކުރިއަށް ނުދާނެކަމަށް ވިދާޅުވެފައެވެ. އަދި ހާރޫނަކީ ހުވަދޫގައި އެމްޑީޕީ އާލާކޮށް ފެރެތުރުމަށް މަސައްކަތް ކުރެއްވި މީހުންގެ ތެރެއިން ވަރުގަދަ ޝަހުސިއްޔަތެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ ރައީސް ނަޝީދަކީ އަމިއްލަ މަންފާއަށް ނޫނީ އެއްވެސް ކަމެއް ނިންމަވާނެ ބޭފުޅެއް ނޫންކަމަށެވެ. އެމްޑީޕީއަށްވެސް މިހާތަނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ނަޝީދުގެ ޚުދުމުހުތާރުކަމުން ސަލާމަތް ނުވުންކަމަށާއި، ނަމަވެސް މިހާރު އެމްޑީޕީ މިދަނީ ނަޝީދުގެ ޚުދމުހުތާރުކަމުން ސަލާމަތް ވުމާއި ދިމާލަށް ކަމަށް މޫކޭ ވިދާޅުވިއެވެ.

މަނިކުފާނު ދޭ މުސްތަގުބަލުގައިި ހަލާކުވި ކިތަންމެ ބަޔަކު އެމްޑީޕީގެ އެތެރެއާއި ބޭރުގައި އެތިބީ ފެންނަން. މަނިކުފާނުގެ އަމިއްލަ އެދުމަށް ވުރެއް އެއްވެސް އިންސާނެއްގެ މަސްލަހަތެއް ޤައުމުގެ މަސްލަހަތެއް މަނިކުފާނު ކުރިއަށް ނުނެރުއްވާނެ. މަނިކުފާނުގެ ހުދުމުހުތާރު ކަމުން އެމްޑީޕީ މިދަނީ މިންޖުވާން މިދަނީ.

– މޫކޭ ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

ހާރޫނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރެއްވި އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތައް މަގާމުތަކުން ދަނީ ވަކި ކުރަމުންނެވެ.

ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވައި ނަޝީދުގެ ކެމްޕެއިނުގައި އުޅުއްވުމަށް ފަހު ނަޝީދާ އެކު ވަކިން ސިޔާސީ މަސައްކަތް ކުރައްވަނިކޮށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކުރައްވައިފައެވެ. އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒް ވެސް ވަނީ ދާދިފަހުން މަގާމުން ވަކިިކުރައްވައިފައެވެ. އޭނާ ވެސް ހިމެނިވަޑައިގަންނަވަނީ ނަޝީދު ފެކްޝަންގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.