މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނެ: މޫކޭ

މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނެ: މޫކޭ

Author
ޢަލީ އާދަމް
30 މާރޗް 2023 06:02
0

މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނެކަމަށް ވިދާޅުވެ މަގުހަދާ ކުންފިނި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލީ މަނިކު (މޫކޭ) ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ރައްދުދެއްވައިފިއެވެ.

ރައީސް ނަޝިދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ އިސް ދެ ބޭފުޅަކު ގާތްގާތުގައި ސަރުކާރުގެ މަޤާމުތަކުން ވަކިކުރެއްވުމާ ގުޅިގެން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެ ފާޑުކިޔުންތަކަށް ރައްދުދެއްވައި މޫކޭ ވިދާޅުވީ ރައީސް ޞާލިޙު މި ވީހާ ދުވަހު ތިޔައެންމެން ބައިތިއްބައިގެން ހުންނެވިކަން ރަނގަޅުކަމަށެވެ. އަދި އެމް.ޑީ.ޕީ ފަނިކާން ދޫކޮށްލައިގެން ރައީސް ޞާލިޙު ހުންނަވާނެ ކަމަށް ހީކުރުމަކީ "ފިކުރޭމެންގެ" ރައީސް ނަޝީދުގެ ފުކުރެއްގެ ދިރުމަށް ނިސްބަތްވާ މީހުންގެ މޮޔަކަންކަމުގައި މޫކޭ ވިދާޅުވިއެވެ.

މޫކޭއަކީ ރައީސް ޞާލިޙަށް ދާއިދުކުރައްވާ ބޭފުޅެކެވެ. އާނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޞާލިޙު އެމްޑީޕީގެ ވެރިކަމެއް ވަރަށް ފުރިހަމަ ގޮތުގައި ހިންގަވައިފިއެވެ. އަދި ކާމިޔާބު ދައުރަކަށްފަހު އެމްޑީޕީއަށް ވެރިކަން ގެއްލުނަނުދީ ބޭއްވޭނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެންނެވެ. އެހެންކަމުން ރައީސް ޞާލިޙާ ދެކޮޅަށް މިހާރު މަސައްކަތްކުރަމުންދާ ފިކުރެއްގެ ދިރުމަށް މޫކޭ އަންނަނީ ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ފިކުރެއްގެ ދިރުމުގައި އިސްކޮށް ޙަރަކާތްތެރިވާ، ޙުސައިމް އަމްރާއި މުޙައްމަދު ޝިފާޒް ވަނީ ދާދިފަހުން އެބޭފުޅުން ސަރުކާރުގައި ތިއްބެވި މަޤާމުތަކުން ވަކިކުރައްވާފައެވެ. އަމްރު ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯގެ މަޤާމުގައެވެ. އޭނާ ވަކިކުރެއްވީ މިދިޔަ އާދީއްތަދުވަހުއެވެ. ޝިފާޒް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ. އޭނާ ވަކިކުރެއްވީ އިއްޔެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޯދީ
މޫކޭއަށް ޝުކުރިއްޔާ
ހ ހަސަނުގެ ދަރި ލަތީފް
ޙަޔާތްކުޑަމީހެއް މުނާފިގަކީ ކޮބައިކަން އެނގޭބާ ބުރާންތިމީހާއަށް