އިންޑިއާ ސަފީރު ދައުލަތުގެ ވެރިންނަށް، ރޯދަވީއްލުމެއް ދެއްވައިފި

އިންޑިއާ ސަފީރު ދައުލަތުގެ ވެރިންނަށް، ރޯދަވީއްލުމެއް ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2023 09:57
0

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މޫނޫ މަހާވަރު ދައުލަތުގެ ވެރިންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވިމި ރޯދަވީއްލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމާއި، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުދާމާއި، ކެބިނެޓް ވަޒީރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެފައިިވެއެވެ.

މިރޯދަ ވީއްލުމުގައި ބައިވެރިވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ބަލާއިރު އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް ވަނީ ބައިވެރިވެފައެވެ. އިންޑިޔާއިން ކޮންމެ އަހަރަކުވެސް ސަރުކާރުގެ އިސްވެރިންނާއި، ސިޔާސީ ޕާޓީތަކާއި، މީޑިއާގެ ފަރާތްތަކަށް ރޯދަ ވީއްލުން ދެއެވެ.

ދައުލަތުގެ ވެރިން ހިމެނޭހެން މިއަދު ބޭއްވި ރޯދަވީއްލުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ. ރައީސް ނަޝީދު ރޯދަވީއްލުމުގައި ބައިވެރިނުވާއިރު، މިހަފްތާގެ މަޖިލިސް ޖަލްސާތަކުގައިވެސް ރައީސް ނަޝީދު ބައިވެރިވެ ވަޑައިނުގަންނަވައެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން އިނޑިއާއާއިއެކު ވަރަށް ގާތް ގުޅުމެއް ދަނީ ބައްވަމުންނެވެ. އިންޑީއާއަކީ މިސަރުކާރުގެ އެންމެ ގާތް ޚާރިޖީގުޅުން އެންމެ ބޮޑު ގައުމުވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.