ށ. މިލަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމުގައި އެމްޓީސީސީން ބުނެފިއެވެ.
ސަރުކާރުން މި މަޝްރޫ އެކުންފުންޏާ ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 200 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. 124 ހެކްޓަރުގެ މިލަންދޫއަކީ އެއަތޮޅު މާކަނޑޫދޫމީހުން މިހާރުވަޒަންވެރިވެގެން ދިރިއުޅެމުންދާ ރަށްވެސްމެއެވެ. އެ އަތޮޅަށް ބަލާއިރު މިލަންދޫއަކީ ބޮޑުު ރަށެއް ނަމަވެސް މިލަންދޫގައި މީހުން ވަޒަންވެރިވީސުރެ ރަށަށް ދިމާވަމުންއައި، ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ބިމުގެ ޖާގަ ދުވަހެއް ދުވަހަކަށް ކުޑަވަމުން އަންނަ ރަށެކެވެ.
އެމްޓީސީސީން މިއަދު ބުނީ މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ޕްރޮޖެކްޓް ސައިޓްގައި މިވަގުތު ރިވެޓްމަންޓް ޕްރޮފައިލިންގ މަސައްކަތް އަންނަނީ ކުރެވެމުން ދާކަމަށެވެ. އަދި، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.
Revetment profiling works are now ongoing at the Sh. Milandhoo Shore Protection Project site. Additionally, Groyne construction work is currently ongoing at the site with 50% completion. The value of the project is MVR 34.6 million.#MTCCProjects #RayyithungeKunfuni pic.twitter.com/KY57Ztuzzc
— MTCC Plc (@MTCCPlc) March 27, 2023
މިލަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫޢުގެ ދަށުން 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ 36.69 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ