ނޮވެމްބަރ 3ގައި މައުމޫންގެ ސެކިއުރިޓީ ބެލެހެއްޓި ވާފިރު އަވަހާރަވެއްޖެ

ނޮވެމްބަރ 3ގައި މައުމޫންގެ ސެކިއުރިޓީ ބެލެހެއްޓި ވާފިރު އަވަހާރަވެއްޖެ

1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ހިންގި ޢުދުވާނީ ހަމަލާގައި އޭރުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި މޭޖަރ ރިޓަޔާޑް އަހްމަދު ވާފިރު (ދޮންއެނބޫ) އަވަހާރަވެއްޖެއެވެ.

މޭޖަރ ރިޓަޔާޑް އަހްމަދު ވާފިރު އަވަހާރަވީ މިއަދު އޭޑީކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 71 އަހަރެވެ. ކަށު ނަމާދު އޮތީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

މޭޖަރ ރިޓަޔާޑް އަހްމަދު ވާފިރު އަކީ ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަދި ދަރިކަލުން ޣައްސާން މައުމޫން ތީމުގެ އިން ނިކުމެވަޑައިގެން ގުލިސްތާނުގެ އަށް ވަޑައިގެން އެގޭގައި ތިއްބެވިއިރު އެބޭފުޅުންގެ ސަލާމަތީ ކަންކަން ބަލަހައްޓަވަން ހަރަކާތްތެރިވި ބޭފުޅެކެވެ.

މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ސިފައިންގޭގައި ޚިދުމަތް ކުރައްވަން ފެއްޓެވީ 5 ޑިސެންބަރު 1968 ގައެވެ. ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. ސިފައިންގެ ޚިދުމަތުގައި 41 އަހަރާއި 9 މަހާއި 16 ދުވަހު ވަނީ ޚިދުމަތް ކުރައްވާފައެވެ.

މި ދިގު މުއްދަތުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ ކޯސްޓްގާޑުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *