މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުއާނާ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ގޮވާލައިފިއެވެ.
ޖާބިރު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ ބާރުގަދަ މަސްތުވާތަކެތި ބޭނުންކޮށްގެން ޒުވާނުން ބަލި ވުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ "މެޑިކަލް މަރުއާނާ" އެތެރެކޮށްގެން ކަމަށެވެ.
އެވަގުތު ރިޔާސަތުގައި އިންނެވީ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެކަމަކު، ޖާބިރު އެގޮތަށް ވާހަކަ ދެއްކެވުމުން ބައެއް މެމްބަރުން ވަނީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ނިޒާމީ މައްސަލަ ނަންގަވައިފައެވެ. އޭގެ ތެރޭގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
ޖާބިރު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ ބާރުގަދަ މަސްތުވާތަކެތި ބޭނުންކޮށްގެން ޒުވާނުން ބަލި ވުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ "މެޑިކަލް މަރުއާނާ" އެތެރެކޮށްގެން ކަމަށެވެ.
އެއާ ބާރުގަދަ ޑްގަރް ބޭނުން ކުރާ މީހުންނާ އެއްވަރުގެ ހުކުމް މި އަންނަނީ. މެޑިކަލް މަރުއާނާ ހުއްދަ ކުރަންވީ ރާއްޖޭގައި، އެއީ މިކަމަށް އޮތް ބޭހަކީ.
– ޖާބިރު ވިދާޅުވިއެވެ.
މިވާހަތަކާއި ގުޅިގެން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަސްތުވާތަކެތީގެ ވާހަކަ ޕްރޮމޯޓު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެވަގުތު ތަޅުމުގައި މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު އަފީފް ވިދާޅުވީ މަޖިލީހަކީ "ދީނީ ބަހުސް ކުރާ ތަނެއް ނޫން" ކަމަށާއި އެފަދަ ބަހުސް ނުކުރެވޭނެ ކަމަށެވެ.
އޭގެ ފަހުން ވެސް ޖާބިރު ވަނީ "ފެހި ދުންފަތް" އެތެރެ ކުރުން ހުއްދަ ކުރަން އިސްލާމީ ގައުމުތަކުން ހުއްދަ ކުރާ ކަން ފާހަގަކޮށް އެކަން ދިފާއު ކޮށްފައެވެ. މީގެ ކުރިން ވެސް މި ޒާތުގެ ވާހަކަތައް ޖާބިރު ދެއްކުމާ ގުޅިގެން ނުރުހުން އަމާޒުވެފައިވެއެވެ.