މަސްތުވާތަކެއްޗަށް ފަރުވާ ހޯދާމީހުންގެ ތެރެއިން ޖަލުތަކުގައި ފަރުވާ ނުލި 300 ގައިދީން އެބަތި

މަސްތުވާތަކެއްޗަށް ފަރުވާ ހޯދާމީހުންގެ ތެރެއިން ޖަލުތަކުގައި ފަރުވާ ނުލި 300 ގައިދީން އެބަތި

މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ކަންކަން ހިނގާ ގޮތް ބެލުމަށް ހެދި ދިރާސާއަކުން 300 މީހަކަށް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގާފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފު ވިދާޅުވީ ޖަލުގައި ތިބި މީހުންގެ 80 ޕަސަންޓު ގައިދީންނަށް ފަރުވާ ބޭނުންވާއިރު އެ ފަރުވާ އެދެވޭ މިންވަރަށް ލިބެމުން ނުދާކަމަށް ވިދާޅުވިއެވެ. އަދި 300 ގައިދީއަކަށް ރިހިބިލިޓޭޓް ޕްރޮގްރާމް ހިންގާފައި ނުވާކަމަށް އެމިނިސްޓްރީއިން ހެދި ދިރާސާއިންވެސް ދައްކާކަމަށް ވިދާޅުވިއެވެ.

އަމިއްލައަށް އެދިގެން ޑްރަގަށް ފަރުވާ ހޯދާ މީހުން މަދު ނަމަވެސް ޑްރަގު ކޯޓުން ފަރުވާގެ ހުކުމްކޮށްގެން ފަރުވާ ހޯދާ މީހުން ގިނަ ކަމަށް ޝަމާއު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ދޭ ތަންތަނާއި ފަރުވާގެ ކަންކަން ހިނގާ ގޮތް ބެލުމަށް ހެދި ދިރާސާއިން ހާމަވި ގޮތުގައި ޑްރަގު ފަރުވާ ޕްރޮގްރާމް ފުރިހަމަކުރާ ބައެއް މީހުން އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކުރެ އެވެ.

އެންޑީއޭގެ ރިހިބިލިޓޭޝަން ސެންޓަރުތަކުގެ ފަރުވާ ޕްރޮގްރާމު ފުރިހަމަކޮށް މިދިޔަ އަހަރު 257 މީހުން ވަނީ މުޖުތަމައުއަށް ނިކުމެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 233 ފިރިހެނުންނާއި 24 އަންހެނުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *