ބީއެމްއެލްގެ އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް

ބީއެމްއެލްގެ އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް

Author
އަޒްފާ ރަޝީދު
26 މާރޗް 2023 09:05
0

އެމެރިކަން އެކްސްޕްރެސް ކާޑު ނުވަތަ އެމެކްސް ކާޑުން ކުރާ މުޢާމަލާތްތަކަށް އަނބުރާ ފައިސާ ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް އިން ފަށައިފިއެވެ.

އަންނަ އޭޕްރިލް މަހާއި ހަމައަށް ކުރިއަށްދާ މިޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިޕްރޮމޯޝަންގެ ދަށުން ފައިސާ ލިބޭނީ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ކުރި މުޢާމަލާތްތަކުގެ އަދަދު އަނބުރާ ލިބޭނެކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.