އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެން ނުވާނެ: ޑރ އަނާރާ

އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެން ނުވާނެ: ޑރ އަނާރާ

Author
އަޒްފާ ރަޝީދު
23 މާރޗް 2023 08:32
0

އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެން ނުވާނެކަމަށް ޑރ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ ވިދާޅުވީ ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ ކަމަށާއި، އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ވަނީ އަޅާ ހެދުމަކުން ތަފާތުކުރެވިގެން ނުވާނެކަމަށް ބަޔާންކޮށްފައިކަމަށް މިކަމާއި ގުޅިގެން އަނާރާ ކޮށްފައިވާ ޓްވީޓުގައި ބަޔާންކޮށްފައިވެއެވެ.

ޑރ އަނާރާ މިފަދައިން ޓްވީޓެއް ކުރައްވާފައި މިވަނީ ޢަރަބިއްޔާ ސްކޫލްގައި ކިޔަވާ އަންހެން ދަރިވަރުން ތަކެއް ނިޤާބު އެޅުން މަނާކޮށް ނިޤާބު އަޅައިގެން ސްކޫލަށް އައުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނިޤާބު އަޅައިގެން ސްކޫލަށް ހާޒިރުވާ ދަރިވަރުން އެދަރިވަރުންގެ ބެލެނިވެރިންނާއި އެކު ސްކޫލަށް ހާޒިރުވުމަށް އިއްޔެ އެންގުމުން ބެލެނިވެރިން އިއްޔެ ސްކޫލަށް ހާޒިރުވެފައި ވަނީ ޤާނޫނީ ވަކީލުންނާއި އެކުއެވެ.

ވަކީލުންނާއި އެކު ބެލެނިވެރިން ސްކޫލަށް ހާޒިރުވުމުން ސްކޫލްގެ މެނޭޖްމަންޓުން ވަނީ ވަކީލުންނާއި އެކު ބައްދަލު ނުކުރާނެ ކަމަށް ބުނެފައެވެ. އަދި މެނޭޖްމަންޓުން އަންގަން ބޭނުންވާ އެއްޗެއް އަންގާނެކަމަށް ވަނީ ބުނެފައެވެ.

ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ނިޤާބު އަޅައިގެން ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކޯޓަށް މައްސަލަ ހުށައެޅުމަށް ނިންމައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.