ރާއްޖެއަށް ކާށި އެތެރެކުރަންޖެހޭ ހިސާބަށް ދިއުމުން ޤައުމުގެ ހާލަތާއިމެދު ވިސްނަންޖެހޭ: އަލީ ހުސެއިން

ރާއްޖެއަށް ކާށި އެތެރެކުރަންޖެހޭ ހިސާބަށް ދިއުމުން ޤައުމުގެ ހާލަތާއިމެދު ވިސްނަންޖެހޭ: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2023 06:02
0

ރާއްޖެއަށް ކާށި އެތެރެކުރަންޖެހޭ ހިސާބަށް ދިއުމުން ޤައުމުގެ ހާލަތާއިމެދު ވިސްނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބާޒާރުގައި ކާށީގެ އަގު އުފުލުމާއި ގުޅިގެން އެސް.ޓީ.އޯއިން ކާށި ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާތީ އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މި ރަމަޟާންމަހު ބާޒާރުގައި އަގު އެންމެ ބޮޑަށް އުފުލުނު އެކައްޗަކީ ކާއްޓެވެ. އެގޮތުން ބާޒާރުގައި ކާށީގެ އަގު ވަނީ 30 ރުފިޔާއިން މައްޗަށްވެސް އަރާފައެވެ. ކާށީގެ އަގު އުފުލި އަގު ދަށަށް ނުދިއުމުގެ ސަބަބުން ކާށި ޝިޕްމަންޓެއް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް އެސް.ޓީ.އޯއިން ވަނީ ފަށާފައެވެ.

ރާއްޖެއަކީ ފަޅުރަށްތައް ގިނަ ޤައުމަކަށް ވެފައި ރަށްރަށުގައި ގިނަ އަދަދެއްގެ ރުއްތައް ހުރެ ރާއްޖެއިން ބޭރުން ކާށި އެތެރެކުރަން ޖެހޭ ހިސާބަށް ދިއުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރާއްޖެއަށް ކާށި އެތެރެކުރަންޖެހޭ ހިސާބަށް ކަންކަން ދިއުމުން ޤައުމު ސޮއްސާލާފައި އޮތް މިންވަރު އިތުރަށް ޔަގީން ވެފައިވާކަމަށެވެ.

ރާއްޖެއަށް ކާށި އިންޕޯޓު ކުރަންޖެހޭ ހިސާބުން ގައުމު މިއޮތީ ސޮއްސާލައިގެން ގޮސްފައިކަން އިތުރަށް ޔަގީން ވެއްޖެ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ، ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިއުމާއި، ގުޅިގެން އެސް.ޓީ.އޯއިން ގެންނަ ކާށި ޝިޕްމަންޓް މި މަހުގެ 27 ގައި ރާއްޖެ އަންނާނެކަމަށެވެ. މި ރޯދަމަހު ތަކެތީގެ އަގު އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބޮޑުވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް އެސް.ޓީ.އޯއިން ކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮރަކަލި
ކާޝީގެވާހަކަ ދަށްކަން އަލީހުސައިނު މެން ލަދުގަން ނަންޖޭހޭނެ އަތޮޅުން ފާބާފައި އަތޮޅުގެ ތަރަށްގީ އަށް އެއްވެސް އެއްވެސް ކަމެއްނުކޮށް ހުރެ ކާޝީގެވާހަކަ ދަށްކަން ލަދުގަންނަން ޖެހޭނެ