ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ފާސްކޮށްފި

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ފާސްކޮށްފި

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

މިއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހި އަދަދަށްވުރެ 1.13 ރުފިޔާ އިތުރު އަދަދެކެވެ.

ކްރޮސްރޯޑްގައި ބޭއްވި ދިރާގުގެ 34 ވަނަ އަހަރީ އާންމު ޖަލްސާގައި 125 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އެއީ 71.3 މިލިއަން ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނެވެ.

މި ޖަލްސާގައި ފާސްކޮށްފައިވަނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 557 މިލިއަން ރުފިޔާ ބަހަންށެވެ. އެއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66 ރުފިޔާގެ މަގުން 126 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.67 ރުފިޔާ މަގުން 431 މިލިއަން ރުފިޔާއެވެ.

ދިރާގަަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ދިރާގަށް ލިބުނު ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށެވެ.

މިދިޔަ އަހަރު ދިރާގުން ހިއްސާއަކަށް ބަހާފައިވަނީ 6.20 ރުފިޔާއެވެ. މިދިޔަ އަހަރު ބަހާފައިވަނީ 471 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ހިއްސާދާރުންނަށް ބަހަން ފާސްކުރި އަދަދަކީ 86 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ %87 ވޯޓާއެކު އޮޑިޓަރުންގެ ގޮތުގައި އައްޔަންކުރީ ކޭޕީއެމްޖީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *