ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ފޮތް "ކިއްލާ މާލޭ" ނެރެފި އެވެ.
ރައީސް ނަޝީދު ލިޔުއްވާފައިވާ މި ފޮތަކީ ފުރަ މާލޭގައި ޒަމާނުއްސުރެ ދިރިއުޅެމުން އައި އާއިލާތަކާއި އެ އާއިލާތަކުގެ މަތިކޮޅާ ގުޅޭ ގޮތުން ނަޝީދު ކުރެއްވި އާ ދިރާސާއެއްގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. އެހެންކަމުން މި ފޮތުގައި ކުރީގެ ހާލަތު ދައްކުވައިދޭ ކުރެހުންތަކެއް ވެސް ހިމަނާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި ފޮތް ނެރެފައިވަނީ ރޭ ގައުމީ ޔުނިވާސިޓީގައި ބޭއްވި ހަފްލާއެއްގަ އެވެ. ފޮތް ނެރެދެއްވައި ފުރަތަމަ ވިކުނު ކޮޕީތަކުގައި ނަޝީދު ވަނީ ސޮއިކުރައްވާފަ އެވެ.
އޯޝަން ޕަބްލިޝާސްގެ ތައްގަނޑުގައި ނެރުނު މި ފޮތުގެ ހާޑް ކޮޕީ ވިއްކަމުން އަންނަނީ 300ރ. އަށެވެ
ނަޝީދު ކުރިން ވެސް ފޮތްތަކެއް ނެރުއްވާފައިވެ އެވެ. އެގޮތުން އެންމެ ފަހުން ނެރުއްވި ފޮތަކީ 2020 ގެ "ދެ ރަދުން" އެވެ. މީގެ އިތުރުން 2018 ގައި އެއްބަސްވެވޭ އިންގިލާބު" އަދި 1996 ގެ "ދަގަނޑު ދަހަނާ" ގެ ނަމުގައި ވެސް ފޮތެއް ނެރުއްވި އެވެ. އަދި 1953 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ