އެވަޓަން އަތުން ޗެލްސީ ފުއްދާލީ ޕޮއިންޓަކުން

އެވަޓަން އަތުން ޗެލްސީ ފުއްދާލީ ޕޮއިންޓަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ޗެލްސީ 2-2 އިން އެއްވަރުވެއްޖެއެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ލީޑުނެގީ 52 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ޖެހި ޝޮޓަކުން ޔާއޯ ފެލިކްސް ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 69 ވަނަ މިނިޓްގައި ޑޮކޫރޭ އެވަޓަން އަށް އެއްވަރުކޮށްދިނެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއްގައި އެވަޓަން އިން ތަނަަވަސްކުރި ފުރުސަތަކުން ޑޮކޫރޭ ބޮލުން ޖައްސާލި ބޯޅަ ޗެލްސީގެ ކައި ހަވާޓްޒް ބޯޅަ ސަލާމަތްކުރަން އުޅުނުއިރު، އެ ބޯޅަ ވަނީ ގޯލު ރޮނގު ހުރަސްކޮށްފައެވެ. މި ގޯލު ބަލައިގަންނަން ނިންމީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައެވެ.

މެޗުގައި ޗެލްސީން ދެ ވަނަ ފަހަރަށް ލީޑުނެގީ 76 ވަނަ މިނިޓްގައި ކައި ހަވާޓްޒް ޖެހި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން އެވަޓަންގެ ޖޭމްސް ޓާކޯސްކީ ޗެލްސީގެ ރީސް ޖޭމްސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެވަޓަން އަށް އެއްވަރުކޮށްދިނީ މެޗުގެ ފަހު މިނިޓްގައި އެލީސް ސިމްސް އެވެ. ބަދަލަކަށް ކުޅެން އެރި ސިމްސް ވަނީ ޗެލްސީގެ ކަލީދޫ ކުލިބާލީ ކައިރިން ނައްޓާފައި ކީޕަރު ކެޕާ އަރިއްޒަަބަލާގާ އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.

ޗެލްސީ އަދި ވެސް އޮތީ ލީގުގެ 10 ވަނައިގައެވެ. ޗެލްސީ ގެ އިތުރުން 3-0 އިން ބޯންމަތު ބަލިކޮށްގެން 11 ވަނައިގައި އޮތް އެސްތަން ވިލާ އަށް ވެސް ވަނީ 27 މެޗުން 38 ޕޮއިންޓް ލިބިފައެވެ.

ލީގުގައި މިރޭ ކުުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެސްޓަން ވިލާ އިން ވަނީ 3-0 އިން ބޯންމައުތު ބަލިކޮށްފައެވެ. ބްރެންޓްފޯޑާއި ލެސްޓާ ސިޓީ 1-1 އިން އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 4-2 އިން ވުލްވްސް ބަލިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *