ރޯދަ މަހު މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހު މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ރޯދަމަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ކާރޫބާރު ބޮޑު މަހެކެވެ. ވަކިން ޚާއްސަކޮށް ބާޒާރުމައްޗަކީ ރޯދަމަހު ވަރަށް ބޮޑަށް ތޮއްޖެހޭ ހިސާބެކެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަކި މިންގަނޑުތަކެއް ކަނޑައަޅައެވެ.

މިއަހަރުވެސް ޓްރާންސްޕޯޓް އޮތޯރީޓިން މިވަނީ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ޚާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް، މި މުއްދަތުގައި ހަވީރު 16:30 އިން ފެށިގެން 20:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓުން ބުނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި ވެސް ތަކެތި ގެންދެވޭނެ ކަމަށެވެ. އެނޫން ވަގުތުތަކުގައި ބްރިޖުން މުދާ އުފުލުމަކީ މަނާ ކަމެކެވެ. އޭގެ އިތުރުން ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ވެސް ކައްކާ ގޭހާއި ފެން އުފުލޭނެއެވެ. އެނޫން ވަގުތުތަކުގައި އެތަކެތި ވެސް ބްރިޖުގައި ނުއުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި އެންގުމާއި ހިލާފުވާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބުނެފައި ވެއެެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް މުދާ އުފުލާ ވަގުތުތައް ކަނޑައަޅަނީ، ރޯދަ މަހު، މާލެ ސަރަހައްދުގެ މަގުތަކުގެ ޓްރެކްފިކް ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *