މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަވަސްކޮށް ދިނުމަށް މަޖިލިހަށް ގަރާރެއް

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަވަސްކޮށް ދިނުމަށް މަޖިލިހަށް ގަރާރެއް

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ. ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރުން ފެށިގެން އައި ފަސް އަހަރުގައި ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގައި އިއްވާ ރިޔާސީ ބަޔާންތަކުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

އެމްޑީޕީން 2018 ވަނަ އަހަރަށް ތައްޔާރު ކުރި މެނިފެސްޓޯގައި ވަނީ ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައި އާއި، ކުދިކުދި ފްލެޓްތަކުގައި ދިިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރުކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ، އެ ފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ކޮށައިދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އާޒިމް ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ "ގެދޮރުވެރިންގެ ކޮމެޓީ"އިން ކުރަމުން ގެންދާ މަސައްކަތަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އިތުބާރުހިފޭ ގޮތަކަށް ކުރެވޭ މަސައްކަތަކަށްވުމަކީ އިންތިހާއަށް ބޭނުންތެރި ކަމަކަށްވީ ހިނދު ދިގުނުދަންމައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް ގޮވާލައްވައިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން މާލޭގެ އެކިއެކި ގޭގެއަށް ވަޑައިގެން ވަކި އުސޫލެއް ހަމައެއްނެތި ގޯއްޗާއި ފްލެޓުދޭނެ ކަމަށް ވިދާޅުވެ އޮޅުވާޅަމުން ގެންދަވާ ކަމަށް މި ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *