ބޮޑު މޮޅަކާއިއެކު އާސެނަލް އެއްވަނައިގައި ހަމަޖެހިލައިފި

ބޮޑު މޮޅަކާއިއެކު އާސެނަލް އެއްވަނައިގައި ހަމަޖެހިލައިފި

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން 3-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.

ފުރަތަމަ ހާފުގައި ތިން ލަނޑު ފެނިގެން ދިޔަ މި މެޗުގައި އާސެނަލުން ވަނީ އެޓީމުގެ ވަރުގަދަ ކުޅުން ދައްކާލާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 21ވަނަ މިނެޓުގައި، ލިއެންޑްރޯ ޓްރޮސާޓް ނަގާދިން ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ ގެބްރިއަލްއެވެ.

ފުރަތަމަ ގޯލު ޖަހައިގެން ފަސް މިނެޓު ނުވަނީސް އާސެނަލުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހަންވެސް އެހީތެރިވެދިނީ ފުރަތަމަ ލަނޑު ޖަހަންވެސް އެހީތެރިވެދިން ލިއެންޑްރޯ ޓްރޮސާޓުއެވެ. މެޗުގެ 25ވަނަ މިނެޓުގައި ފުލަމްގެ ޕެނަލްޓީ އޭރިޔާގެ ކަނަކުން ނަގާދިން މި ބޯޅަ ގޯލަށް ފޮނުވާލައިގެން އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއަލް މާޓިނެލީއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މާޓިން އޮޑެގާޑުއެވެ. މި ލަނޑު ކާމިޔާބު ކުރުމުގައިވެސް އެހީތެރިވެދިނީ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު ޖަހަން އެހީތެރިވެދިން ލިއެންޑްރޯ ޓްރޮސާޓުއެވެ. މި ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 45މިނެޓު ހަމަ ވެގެން ކުޅުނު އިތުރު ވަގުތުގައެވެ.

އާސެނަލުން ވަނީ އަލުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އާސެނަލް އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 27 މެޗުން 61 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑަށް 26 މެޗުން ލިބުނީ 50 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ