ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކާއި މަޝްވަރާކުރާނީ ސަރުކާރުން ވަކިވުމުން: ޓޮމް

ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކާއި މަޝްވަރާކުރާނީ ސަރުކާރުން ވަކިވުމުން: ޓޮމް

ސިޔާސީ ގޮތުން އެއްވެސް މަޝްވަރާއެއް ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކާއި ކުރާނީ ސަރުކާރުން ވަކިވެ ކޯލިޝަނުން ބޭރުވުމުން ކަމުގައި އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

އާންމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ނެރޭނެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. އިލެކްޝަނުން އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން އިލެކްޝަނަށް އިދިކޮޅުން ހުށަހަޅާނެ ނަމަކީ ރައީސް ޔާމީންގެ ނަންފުޅުކަމަށް ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައިފަހުން ރައީސް ޔާމީން ނުހައްގުން ޖަލުގައި އޮންނަތާ އެތައް ދުވަހެއް ވެފައި ވާކަމަށެވެ. މިހާތަށް އެމަނިކުފާނަށް މިނިވަންކޮށް ހުންނެވުނީ އެއް އަހަރު ކަމަށާއި، އެނޫނީ މުޅިންވެސް ހުންނަވަން ޖެހުނީ ޖަލުގައި ނުވަތަ ގޭ ބަންދުގައި ކަމަށެވެ. މިއީ ސިޔާސީ ގޮތުން ސިޔާސީވެރިންނަށް ބިރު ނުދައްކަން ބުނި ސަރުކާރުގެ އަމަލުތައް ހުރި މިންވަރުކަމަށް ޓޮމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީތަކާއިއެކު މަސައްކަތް ކުރުމަށް ޕީޕީއެމްގެ ސްޓޭންޑާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ ރައީސް ޔާމީން ވަނީ ރާއްޖޭގައިި އިންޑިއާގެ ސިފައިން ބައިތިއްބަން ތާއީދުކުރާ އެއްވެސް ބަޔަކާއި މަޝްވަރާ ނުކުރާނެކަމަށް ވިދާޅުވެފައިކަމަށެވެ. މިނިންމުމާއި އެއްގޮތަށް މިހާރުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެއްވެސް ޕާޓީއަކާއި މަޝްވަރާ ކުރާނީ ކޯލިޝަނުން ވަކިވުމުންކަމަށެވެ.

ރައީސް ޞާލިހާއިއެކު ކޯލިޝަން ހަދައިގެން ތިބެ ދަންކަންޖެހޭ މާގިނަ ވާހަކައެއް ނޯންނާނެ. ރައީސް ޔާމީން ވަނީ ރާއްޖޭގައިި އިންޑިއާގެ ސިފައިން ނުތިބެވޭނެ ކަމަށް ވިދާޅުވެފަ. އެކަމަށް ތާއީދުކޮށް ކޯލިޝަން ހަދައިގެން ތިބިބަޔަކާއި ކުރާނެ މަޝްވަރާއެއް ނޯންނާނެ.

– ޓޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި ސުލްހަޔަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ސުލްހަވެރި އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނިމިދޔަ 2018 ގައި ކަންކުރި ގޮތަށް ކަންކަން ކޮށްފިނަމަ މިއިންތިޚާބަކީ ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކަން ވީގޮތަށް ވެދާނެ އިންތިޚާބަކަށް ވެދާނެކަމަށް ޓޮމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *