ޝަރީފް؛ ރާއީ އަށް: ވެރިކަން ބަދަލުވެގެން ޕާޓީ ބަދަލު ކުރަންޏާ ކުރާނީ ރާއީ

ޝަރީފް؛ ރާއީ އަށް: ވެރިކަން ބަދަލުވެގެން ޕާޓީ ބަދަލު ކުރަންޏާ ކުރާނީ ރާއީ

ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައިވެސް ހުރީ އެމްޑީޕީގައި، ކަމަށާއި، ދެންވެސް ހުންނާނީ އެމްޑީޕީގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕީޖީ މެމްބަރު އިބްރާހިމް ޝަރީފް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އަށް ރައްދު ދެއްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސި އިންޔިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލީހާ ވާދަކޮށްލެވޭވަރުގެ ބޭފުޅަކަށް ހުންނެވީ ރައީސް ޔާމީން އެކަނިކަމަށް ޝަރީފް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ރާއީ ވަނީ ޝަރީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރާއީ ވިދާޅުވެފައިވަނީ ޝަރީފަކީ ސިޔާސީ ގޮތުން އަބަދުވެސް ކޮންމެ ވެރިކަމެއްގެ ފަހުކޮޅު އެކި ގޮތްގޮތަށް ވިސްނުން ބަދަލުވާ މީހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓާއި އަޅާ ކިޔޭ ވަރުގެ މީހެއް އިދިކޮޅުގައި ނެތްކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް ހުންނެވި ނަމަވެސް އެމްޑީޕީގެ ކެނޑިޑޭޓާއި ވާދަ ކޮށްލެވޭ ވަރުގެ ގާބިލްކަމެއް ނުހުންނާނެކަމަށް ވިދާޅުވިއެވެ.

މިވާހަތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ރާއީ ދައްކަނީ ދެއުޅިއެއް ނުވާ ވާހަކަތަކެއް ކަމަށެވެ، . ރާއީ ވާހަކަ ދައްކަނީ މީހުން ދައްކާ ވާހަކަ ފަހުމް ނުވާތީ ކަމަށްވެސް ޝަރީފް ވިދާޅުވިއެ. އޭނާ ވިދާޅުވި ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހުރީ ވަރަށް ސާބިިތު ކަމާއިއެކު އެމްޑީޕީގައި ކަމަށެވެ.

ރައީ ދައްކަނީ ދެއުޅިއެއްވާ ވާހަކައެއް ނޫން. މީހުން ދައްކާ ވާހަކަ ރަނގަޅަށް ފަހުމްނުވާތީ ތިޒާތުގެ ވާހަކަ ދައްކާނީ. އަޅުގަނޑު ނުދަން ވެރިކަން ލިބޭ ޕާޓީއެއްގެ ފަހަތުން. ޕީޕީއެމް އެންމެ ފަހުން ވެރިކަމުގައި އޮތް އިރުވެސް ސާބިތު ކަމާއިއެކު އެމްޑީޕީގައި ހުރީ. އެހެން ޕާޓީއަކަށް ނުދަން ކަނޑާލިއްޔަ ނޫނީ.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވެރިކަން ބަދަލުވެގެންވެސް ހުރި ތަން ބަދަލު ކުރާނީ ރާއީކަމަށެވެ. އޭނާ އެހެން ޕާޓީއަކަށް ދާންޖެހުނީ އެންމެ ފަހުންވެސް ހުރި ޕާޓީން ބަޔަކު ބޭނުންވާ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ބޭރުކޮށް ލުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވެރިކަން ބަދަލުވާއިރު ހުންނަތަން ބަދަލު ވިއްޔާ ވާނީ ރާއީ. އަޅުގަނޑު ބަދަލެއް ނުވާނެ. އެހެން ޕާޓީއަކާއި އެންމެ ފަހުންވެސް ގުޅުނީ ސިޔާސީ ބޭނުމަށް ބަޔަކު ހުރި ޕާޓީން ބޭރުކޮށްލީމާ.

– ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އިދިކޮޅުން ރައީސް ޔާމީން ވާދަކުރައްވަން ނިންމައި ޓިކެޓް ހަވާލުކޮށްފައި ވީނަމަވެސް ރައީސް ޔާމީނަށް އިއްވާފައިވާ ޖަލުހުކުމާއި ގުޅިގެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ރިިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ނަޝީދު އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ނުކުރުމެވެ. ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *