މާލެއިން ކައްދޫއަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ މާލެއަށް

މާލެއިން ކައްދޫއަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ މާލެއަށް

Author
އަޒްފާ ރަޝީދު
12 މާރޗް 2023 02:44
0

މާލެ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މިއަދު ކައްދޫއަށް ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓަކަށް މައްސަލައެށް ދިމާވެގެން އަނބުރާ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓަށް ޖައްސައިފިއެވެ.

ކުއްލި ހާލަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ އައިއޭއާރު މަރުކާގެ މަތިންދާ ބޯޓެކެވެ.

މި ބޯޓް އެމާޖެންސީކޮށް ޖެއްސުމާއެކު މަތިންދާބޯޓަށް ދިމާވެފައިވާ މައްސަލަ ޓެކްނިކަލް އެންޖިނިއަރިން ޓީމުން ބަލަމުންދާކަމުގައި މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.

މަޢުލޫމާތުލިބިފައިވާ ގޮތުގައި އެ ބޯޓުގައި ތިބި ފަސިންޖަރުން އެހެން ބޯޓެއްގައި މިހާރު ވަނީ ކައްދޫއަށް ފުރުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.