ޖާރމަނީގައި ކުރިޔަށްދިޔަ އައިޓީބީ ބާލިން 2023 ޓްރޭޑް ޝޯވގައި ދިވެހިރާއްޖެއިން ހުށަހަޅައިދިން ސަގާފީ ނެށުމުގެ ނަމުގައި ހުށަހެޅި ހުށަހެޅި ހުށަހެޅުން ބައްލަވަން ޤައުމުގެ ވަލިއްޔުލް އަމްރު އިނުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
މި ފެއަރގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަމީ، ދިވެހި ދިގުހެދުން ލައިގެންނާއި އަދި ފޭލި އަދެގެން، ރާއްޖޭގެ ގުރޫޕަކުން ހުށަހަޅާދިން ނެށުމަކަށެވެ. މި ނެށުމުގައި ދިވެހި ލަވައަކަށް ނެށި ދިވެހި ނެށުންތެރިން ދައްކުވައި ދީފައިވަނީ، އާމުކޮށް ދިވެހި ނެށުންތަކުން ފެންނަ ހަރަކާތްތަކާއި ޚިލާފު، ދިވެހި އާރޓިސްޓުން ފަހަކަށް އައިސް ތައާރަފް ކޮށްފައިވާ ބާވަތުގެ ހަރަކާތްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.
އަދި ނެށުމުގެ ވަކި ހިސާބަކުން ނަށާ ގުރޫޕުގެ ފިރިހެން ކުއްޖަކު، ދިވެހި އަންހެން ކުއްޖަކު އެކޮޅުކޮޅުން ނަގާ ކޮނޑަށް ލާތަންވެސް ފެނެއެވެ. މިމަންޒރުތައް ބައްލަވަން ރައީސް ޞާލިހު އިންނެވުމުން އެކަމަށްވެސް ގިނަ ބަޔަކު ފާޑުކިޔުން އަމާޒު ކުރިއެވެ.
ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު ވިދާޅުވީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަނީއްޔޭ ކިޔާފައި އެކަނބަލުންގެ އިއްޒަތާއި ޝަރަފު ގެއްލުވާލާފަދަ ކަންތައް ކުރެވިޔަދީގެން ނުވާނެ ކަމަށެވެ. ހާއްސަ ގޮތެއްގައި ގައުމުގެ ވަލިއްޔުލް އަމްރު އެމުން ކަރާތް ބައްލަވަން ހަނު ހުންނެވި ހުންނެވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރަނީއްޔޭ ކިޔާފައި އެކަނބަލުންގެ ޢިއްޒަތާއި ޝަރަފު ގެއްލުވާލާފަދަ ކަންތައް ކުރެވިޔަދީގެން ނުވާނެ. ޚާއްޞަގޮތެއްގައި ޤައުމުގެ ވަލިއްޔުލް އަމްރު އެމުންކަރާތް ބައްލަވަން ހަނުހުންނެވި ހުންނެވުމަކީ ބަލައިގަނެވޭނެކަމެއް ނޫން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
މި ނެށުމަށް ކަންބޮޑުވުން ފާޅު ކުރައްވައި، އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވީ ބަޔަކު އަމިއްލަ ޙައިސިއްޔަތުން އެކޮޅުކޮޅުން އެއްލުމާ ގައުމު ތަމްސީލު ކުރާބަޔަކު ރަސްމީ ސިފައެއްގައި ކަންކަންކުރުމާ ވަރަށް ތަފާތު ކަމަށެވެ. އަދި މިއީ ރާއްޖެ ތަމްސީލް ކުރަން ދިޔަބަޔަކު ކޮށްފައިވަ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް ޒައިދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކަލްޗާ ނަމުގައި ލަދުވެތިކަން ކުޑަ ވައްތަރުތައް ޖެއްސުން ބަލައިނުގަނެވޭ! ބަޔަކު އަމިއްލަ ޙައިސިއްޔަތުން އެކޮޅުކޮޅުން އެއްލުމާ ގައުމު ތަމްސީލު ކުރާބަޔަކު ރަސްމީ ސިފައެއްގައި ކަންކަންކުރުމާ ވަރަށް ތަފާތު! މިފަދަ ކަންކަމަކީ އަޅުގަނޑުމެން ހިތްވަރުދީގެންވާނެ ކަންކަމެއް ނޫން!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
މި ނެށުމަށް ސޯޝަލް މީޑިއާގައި ފާޑު ކީ ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި މިއީ ދިވެހި ސަގާފަތާއި ގުޅުންނެތް، ދިވެހި ވަންތަކަން އެއްވެސް ފެންނާން ނެތް ނެށުމެކެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް، މިފަދަ ފެއަރއެއްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓުން ދިވެހި ސަގާފަތާއި ބީރައްޓެހި ނެށުމެއް ހުށަހެޅުމަކީ، ރާއްޖޭގެ ސަގާފަތަށް "އެރުވި ހުތުރެއް"ގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން މި ނެށުން ސިފަ ކޮށްފައި ވެއެވެ.
One Response
kaLhi jahaa nulaa ethibenee 3 meehun manzaru balan