މާރޗްމަސް ނިމެންދެން މުއްދަތު ހަމެވެފައިވާ ލައިސަންސް ބޭނުން ކުރެވޭނެ: ޓްރާންސްޕޯރޓް

މާރޗްމަސް ނިމެންދެން މުއްދަތު ހަމެވެފައިވާ ލައިސަންސް ބޭނުން ކުރެވޭނެ: ޓްރާންސްޕޯރޓް

ގުޅުންހުރި

މިމަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ ލައިސަންސްގެ މުއްދަތު ހަމަވި ނަމަވެސް، މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އުޅަނދު ދުއްވޭ ގޮތަށް އަނެއްކާވެސް ހަމަޖައްސައިފިއެވެ. މިއީ މިމުއްދަތު އިތުރުކުރި 3 ވަނަ ފަހަރެވެ.

ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްދިނުން މެދުކަނޑާލީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެފަހަރު ވަނީ މުއްދަތު ހަމަވާ ލައިސަންސްތައް، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށެވެ. ނަމަވެސް އެމުއްދަތު ފެބުރުއަރީގެ ނިއަލަށް އިތުރުކުރުމަށްފަހު އަނެއްކާވެސް މިވަނީ އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިމުއްދަތު އިތުރު ކުރީ އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއަރ ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނާތީ އާއްމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރުވަނީ އެމިނިސްޓްރީގެ "ސިމްސް ކަސްޓަމަރ ޕޯޓަލް" ތެރެއިން ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް މިދިޔަ މަހުގެ 5ވަނަ ދުވަހުން ފެށިގެން ފަށާފައެވެ.

"ސިމްސް ކަސްޓަމަރ ޕޯޓަލް" އަކީ ދަޢުލަތުގެ އީފާސް ނިޒާމުގެ ތެރެއިން ބެނުންކުރެވޭ ޕޯޓަލްއެކެވެ. އިފާސް ލޮގިންއާއިއެކު މިޕޯޓަލްއަށް ވަނުމުން، ލައިސަންސް އޮންނަ މީހެއް ނަމަ ޑިޖިޓަލް ލައިސަންސް މިހާރު ބަލާލެވޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޑިޖިޓަލް ލައިސަސްގެ އިތުރުން، ޕޯޓަލްއަށް ލޮގިން ވުމުން ލައިސަންސާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް މިހާރު ލިބޭނެ ކަމަށެވެ. އެގޮތުން ލައިސަން ނެގުމަށް ހުށައެޅުމާއި އަދި ޕްރޮސެސްވަމުންދާ ފޯމުތައްވެސް ފެންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ