ހަޔާރ އެޑިއުކޭޝަން އޮފީސް ހުޅުމާލެއަށް ބަދަލްކޮށްފި

ހަޔާރ އެޑިއުކޭޝަން އޮފީސް ހުޅުމާލެއަށް ބަދަލްކޮށްފި

ގުޅުންހުރި

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި އުމަރު ޒާހިރު އޮފީސް ބިލްޑިންއަށް ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވާގޮތުން، މިއަދުން ފެށިގެން އެ އިދާރާ އޮފީސް ހިންގާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އޯކިޑްމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ފަސްވަނަ ފުލޯގައި ކަމަށެވެ.
އެއާއެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކައުންޓަރުތަކުން ދޭ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުންނެވެ. މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންގެ ހުރިހާ ހިދުމަތެއް ވެސް ދެން ދޭނީ ހުޅުމާލެއަށް ބަދަލުކުރި އޮފީސް އިމާރާތުންނެވެ.
ހަޔަ އެޑިއުކޭޝަންގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ވެސް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ