މަލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުންނަ ލިޔުމާއި ކުރެހުންތައް ފޮހުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

މަލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުންނަ ލިޔުމާއި ކުރެހުންތައް ފޮހުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

Author
އަޒްފާ ރަޝީދު
05 މާރޗް 2023 07:08
0

މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ނުވަތަ ކުރެހުންތަކާއި ލިޔުންތައް ފޮހެލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަނެއްކާވެސް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މިކަން ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކަމަށެވެ.

އެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި އާންމު އިޖުތިމާއީ މިންގަޑާ ޚިލާފަށް ހުރި ކުރެހުންތަކާ ލިޔުންތައް ފޮހެލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން މީގެކުރިން ވެސް ވަނީ މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އާންމު އިޖުތިމާއީ މިންގަޑާ ޚިލާފު ގުރެފިޓީތައް ފޮހެލައިފައެވެ. ނަމަވެސް ދެތިން ދުވަސް ނުވަނީސް އެ ތަންތަނުގައި ގްރެފިޓީތައް ކުރަހާފައި ހުންނާތީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މޭޔަރު ވިދާޅުވެފައިވަނީ މާލެ ސިޓީއަކީ ޗާލު ސިޓީއަކަށް ހައްދަވަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި ގްރެފިޓީތައް ނައްތައިލަނީ އެ ގޮތުގެ މަތިން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.