ނާކާމިޔާބު ވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން: އިމްރާން

ނާކާމިޔާބު ވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން: އިމްރާން

Author
ޢަލީ އާދަމް
04 މާރޗް 2023 08:05
0

ސިޔާސީ މައިދާނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ އިރުއިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކާއިގެން އެއް ގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން ނޫނީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް މިދަނީ ފެންނަމުންކަމަށާ، ނާކާމިޔާބުވުމަކީ އިރުަިރުކޮޅާ ގޮތް ބަދަލުކުރަވްޖެހޭ ކަމެއްނޫންކަމަށެވެ.

އިމްރާން މިހެން ވިޖދާޅުވީ ކީއްވެގެން ކޮން ކަމަކަށް އިޝާރާތްކުރައްވައިކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޢިމްރާނަޢީ އޭނާގެ ޢަދާލަތު ޕާޓީއަށް ފަހަކަށްއައިސް ގިނަބައެއްގެ ނުރުހުމާއި ހިތްހަމަނުޖެހުމުގެ ބަސްތައް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނާއި ދީނަށް ލޯބިކުރާ މީހުން ހިމެނެއެވެ.

ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖޭގައި އުފެދުނު ފަހުން އައި ކޮންމެ ވެރިކަމެއްގައިވެސް ޢަދާލަތުޕާޓީ އައީ ބައިވެރިވަމުންނެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ކޮންމެވެސް ބޮޑު ޕާޓީއަކާ ކޯލިޝަން ހަދައެވެ. ރާއްޖޭގެ އެކިފިކުރުގެ އެކި ޕާޓީތަކާ އެޕާޓީން ކޯލިޝަން ހަދާފައިވެއެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީ، އެމްޑީޕީ، ޕީޕީއެމް ހިމެނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.