"ޒުވިގަޓޯ" ގެ ޓްރެއިލާ ދައްކައިލައިފި

"ޒުވިގަޓޯ" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
02 މާރޗް 2023 05:51
0

އިންޑިއާގެ އެންމެ މަޝްހޫރު ކޮމޭޑިން ކަޕިލް ޝަރުމާގެ އެންމެ ފަހުގެ ފިލްމް "ޒްވިގަޓޯ" ގެ ޓްރެއިލާ މިދިއަ ބުދަ ދުވަހުން ފެށިގެން ދަންކަން ފަށައިފިއެވެ.

މި ފިލްމް އަކީ ކަޕިލް ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ ފިލްމްއެކެވެ. އަބަދުވެސް މީހުން ހެއްވާ މަޖާ މީހެއްގެ ގޮތުގައި ފެނިފައިވާ ކަޕިލް މި ފިލްމގައި ކުޅެފަވަނީ ވަރަށް ސީރިއަސް މީހެއްގެ ރޯލެވެ.

މި ފިލްމް ބިނާވެފައިވަނީ ފެކްޓްރީއެއްގެ ފްލޯ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްގެ ވަޒީފާ ޕެންޑެމިކް ތެރޭގައި ގެއްލުމުން ކާއެއްޗެތި ޑެލިވަރީ ކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރާ އިރުގައި ދިވާމާ ގިނަ ކަންތަށް ތަކުގެ މައްޗަށެވެ. ދަށުފަންތީގެ އާއިލާތަކަށް ނިސްބަތްވާ މީހުންގެ ކޮންމެ ދުވަހެއްގެ ބުރަ މަސައްކަތާއި އެމީހުންނަށް ކުރިމަތިވާ އެކި އެކި ގޮންޖެހުންތައް ފިލްމުގައި ވަރަށް ރީއްޗަށް ގެނެސްދީފައި ވެއެވެ.

ނަންދިތާ ދާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކަޕިލް އާއި އެކުގައި ފެނިގެންދާނި މާ މަޝްހޫރު ނޫން ބަތަލާއެއް ކަމުގައިވާ ޝަހާނާ ގޯސްވާމީ އެވެ. މީގެ ކުރިންވެސް ފިލްމް އެއް ކުލެފައިވާ ކަޕިލް ގެ "ޒްވިގަޓޯ" ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ މާޗް 17 ވަނަ ދުވަހަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.