ދީޕިކާ އާއި ކެޓްރީނާ އެކީގައި ފިލްމަކަށް ގެންނަން އުޅޭކަމުގެ އިޝާރާތެއް

ދީޕިކާ އާއި ކެޓްރީނާ އެކީގައި ފިލްމަކަށް ގެންނަން އުޅޭކަމުގެ އިޝާރާތެއް

ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ މޫނު ކަމުގައިވާ ކެޓްރީނާ ކައިފް އާއި ދީޕިކާ ޕަދުކޯން އެކީގައި ފިލްމަކަށް ގެންނަން އުޅޭކަމުގެ އިޝާރާތެއް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ދީފި އެވެ.

މި ދެތަރިންނަކީވެސް (ވައިއާރްއެފް) އާއި ގާތް ގުޅުމެއް އޮތް ދެތަރިންނެވެ. އެގޮތުން ދެ ތަރިން ނިސްބަތް ވަނި އެ ސްޓޫޑިއޯގެ "ސްޕައި ޔުނިވާސް" އަށެވެ. އެގޮތުން ދީޕިކާ ވަނީ މިދިއަ އަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ޕަޓާން" ގައި މަސައްކަތް ކޮށް އޭނާގެ ކެރިއަރަށް ބޮޅެއް އިތުރު ކޮށްފައިއެވެ.

އަނެއްކޮޅުން ކެޓްރީނާ އަކީ ވައިއާރްއެފުން ސަލްމާން ޚާނާ އެކީ ގެނެސްދޭ "ޓައިގާ' ފްރެންޗައިޒްގެ ބަތަލާ އެވެ. މީގެ ތިން ވަނަ ބައި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ އެވެ. މީ މިއަހަރުގެ އެންމެ އުންމިދީ އެއްފިލްމް ވެސް މެއެވެ. ސަބަބީ މީގެ ކުރިން ނެރުނު މީގެ ދެ ފިލްމް އަށް ވެސް ލިބިފައިވާ ތަރުހީބެވެ.

 

View this post on Instagram

 

A post shared by Yash Raj Films (@yrf)

މި ދެތަރިން އެކުގައި ފިލްމް އަކުން ފެނިގެން ދާނެ ކަމުގެ އިޝާރާތެއް އެ ސުޓޫޑިއޯއިން ދިން އިރުގައި "ޕަޓާން" ގެ ލީޑުން ފެނިގެންދިއަ ޝާހުރުކް ހާން އާއި "ޓާއިގާ" ގެ ލީޑުން ފެންނަ ސަލްމާން އެކުގައި ފިލްމް އަކުން ފެންނާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ދީފައިއެވެ. އަދި ހަމަ އެއާއި އެކުގައި ޝާޙުގެ "ޕަޓާން" ގައި ސަލްމާންގެ ވަރަށް ހާއްސަ ފެނިލުމެއް ހިމަނާފައިވާ އިރުގައި ބެލުންތެރިން ވަނީ ވަރަށް ބޮޑަށް އެކަންފާހަގަކޮށްފައިއެވެ.

އަދި ހަމަ އެހެންމެ ސަލްމާން ލީޑުން ފެންނަ ފިލްމް "ޓައިގާ 3″ އިން ވެސް ޝާހުގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެއެވެ. އަދި އެ ދެފިލްމްގަިއވެސް ދެމީހުންވެސް ފެނިގެންދާނީ ދެފިލްމްގައިވެސް ދެމީހުން ކުޅޭ ކެރެކްޓާއިން ކަމަށް ވެއެވެ.

އަދި ހަމަ އެއާއި އެކުގައި (ވައިއާރްއެފް) ގެ މިހާރުގެ  އަމާޒަކީ މި ހުރިހާ "ސްޕައި ޔުނިވާސް" ގެ ކެރެކްޓާތައް އެއް ފިލްމަކަށް ގެންނައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *