އަދާލަތު ޕާޓީގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަދާލަތު ޕާޓީގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2023 01:09
0

ޢަދާލަތުޕާޓީގެ ދުސްތޫރުގެ ދަށުން، އެޕާޓީގެ ގޮފިތަކުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.

އެޕާޓީގެ ގޮފިތަކުން ހުސްވެފައިވާ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށްޓަކައި، ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވާ ހޮނިހިރު ދުވަހުއެވެ.

އިންތިޚާބުކުރާ މަޤާމްތައް:
– ރައީސް
– ނައިބު ރައީސް
– ސެކްރެޓަރީ
– ސެކްރެޓަރީގެ ނައިބު
– ޚަޒާންދާރު
– މީޑިއާ ކޯޑިނޭޓަރ
– ޔުނިޓުތަކުގެ މަންދޫބުން
– އަންހެނުންގެ ކޮމިޓީގެ ރައީސާ
– ޒުވާނުންގެ ކޮމިޓީގެ ރައީސް

އެޕާޓީން ބުނީ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ މެންބަރުން ކަމުގައި ވާންޖެހޭނެކަމަށެވެ. ޕާޓީގެ މެންބަރުކަމުގެ ފޯމް ފުރުމަށްފަހު ރަޖިސްޓްރާ ފޯމް ބަލައިގަންނަ ހިސާބުން މި އިންތިޚާބުގެ ބޭނުމަށް އެއީ މެންބަރެއް ކަމުގައި ބެލެވޭނެއެވެ.

ގޮފިތަކުގެ ހިންގާކޮމިޓީގެ ހުސްވެފައިވާ މަޤާމްތަކަށް އާއްމުކޮށް މިއަދު ވަނީ ހުޅުވާލާފައެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ މުއްދަތު 8 މާރިޗު 2023 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ކުރިމަތި ލުމަށް އެދޭ ފަރާތްތަކުން، ކުރިމަތިލުމަށް އެދޭ ފަރާތްތަކުން (link.adhaalath.com/gofi) ވާ ފޯމް ފުރިހަމަކުރެއްވުން އެޕާޓީން ވަނީ އެދިފައެވެ.

އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 1 އޭޕްރީލް 2023 ވާ ހޮނިހިރު ދުވަހުގެ ހެދުނު 9:00 އިން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ. އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ 3342671 އަށް ގުޅުއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

އަދާލަތު ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު އެޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކޮށް، އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އެއްމެރަގަޅުވާނީ ތިޕާޓީ އުވާލިއްޔާ