ރައީސް މާދަމާ ހިރިލަންދޫއަށް ވަޑައިގަންނަވަނީ

ރައީސް މާދަމާ ހިރިލަންދޫއަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2023 12:43
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. ހިރިލަންދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހް މާދަމާ ހިރިލަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމަށެވެ.

ރައީސްގެ މިދަތުރުފުޅުގައި ހިރިލަންދޫގެ ކަމާގުޅޭ އިދާރާތަކާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ބައްދަލު ކުރައްވާނެއެވެ.

މިސަރުކާރުން ހިރިލަންދޫގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ އެރަށު ބިން ހިއްކުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.