ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެންމެ މުހިންމީ ޤާބިލު މީހުން އުފެއްދުން: ނައިބު ރައީސް

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެންމެ މުހިންމީ ޤާބިލު މީހުން އުފެއްދުން: ނައިބު ރައީސް

Author
ޢަލީ އާދަމް
27 ފެބްރުއަރީ 2023 09:50
0

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ވަޞީލަތްތައް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކެކޭ އެއްފަދައިން އެކަށޭނަ ޤާބިލު މީހުން އުފެއްދުމަށް އިސްކަންދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) ރަސްމީގޮތުން އިފުތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ސަރުކާރަކީ އެއްތަނަކަށް ޖަމާވެފައިވާ ބާރުތައް ލާމަރުކަޒުކޮށް ރަށްތަކަށް ކައުންސިލްތަކަށް ދޫކޮށްލައި، ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށް ލިބޭގޮތަށް މަގުފަހިކޮށްދިނުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރުން ފެށި ދަތުރަކީ ހަޤީޤީ މާނައިގައި ރާއްޖެ ލާމަރުކަޒުކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ ނިޒާމަށާއި ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރި މަސައްކަތްތަކާއި އެކަންކަމުގައި ހޯދުނު ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރޭގެ ރަސްމިއްޔާތުގައި އިފުތިތާޙްކުރި އެމް.އައި.އެލް.ޖީ އަކީ ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ކަނޑައަޅައި އެތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ފެންވަރު ރަނގަޅު ތަމްރީނުތައް ހިންގުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ވެބްސައިޓް ވެސް އިފުތިތާޙްކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.