ޝަރީފް؛ އާޒިމަށް: ރައީސް ޞާލިހު މަޤާމުން ދުރުކުރެވޭނެ ޢައުލަބިއްޔަތެއް ނެތް

ޝަރީފް؛ އާޒިމަށް: ރައީސް ޞާލިހު މަޤާމުން ދުރުކުރެވޭނެ ޢައުލަބިއްޔަތެއް ނެތް

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2023 12:43
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިިހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާވަރުގެ އައުލަބިއްޔަތެއް މަޖިލިސް ތެރޭގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ވޯޓު ނަގަން މަސައްކަތް ކުރާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް ނަގާނެ ކަަަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ.

ޝަރީފް ވިދާޅުވި މަޖިލިސް ތެރޭގައި ރައީސް ޞާލިހުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނެގޭނެ ވަރުގެ ޢައުލަބިއްޔެއް ނެތްކަމަށެވެ. މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދުގެ ފެކްޝަނަށްވެސް އަދި އެހެން މެމްބަރުން ލައިގެންވެސް އެކަން ކުރެވޭ ވަރުގެ އައުލަބިއްޔަތެއް ނޯންނާނެކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މަޤާމުން ދުރުކުރެވޭނެ ޢައުލަބިއްޔަތެއް އަލީ އާޒިމް އަތަކު ނެތް. ޕީޕީއެމްއާއި އަދި ބާކީތިބި ހުރިހާ އެންމެން ގުޅިގެންވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަޤާމުން ދުރުކުރެވޭނެ ޣައުލަބިއްޔަތެއް ނެތް. ވީމާ އާޒިމް އެދައްކަވާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތް. އެކިޔަނީ ރަނޑޭ، ރަނޑޭ.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮވެ އެމްޑީޕީގެ އެއްވެސް މެމްބަރަކު އެމްޑީޕީ ސަރުކާރާއިި ދެކޮޅަށް މަސައްކަތް ނުކުރާނެކަމަށެވެ. އެއީ ހަގީގީ ޕާޓީ މެމްބަރުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ޕާޓީއަކުންވެސް މަސައްކަތް ކުރާނީ އެޕާޓީއެއްގެ ކުރިމަގަށް ކަމަށްވާއިރު އެއާއި ދެކޮޅަށް ޕާޓީގައިހުރެ މަސައްކަތް ކުރާނީ އެހެން މަޤްސަދެއް ހާސިލް ކުރަން ބޭނުންވާތީކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރަށް ގޮންޖަހައި ސަރުކާރު ފެއިލް ކޮށްލުމުގެ މަސައްކަތެއް ހަގީގީ އެމްޑީޕީ މެމްބަރުން ނުކުރާނެ. ހަގީގީ އެމްޑީޕީ މެމްބަރުން މަސައްކަތް ކުރާނީ އެޕާޓީގެ ސަރުކާރަށް ކާމިޔާބު ހޯދަން. ޕީޕީއެމް މެމްބަރުންވެސް އިސްކަން ދެނީ އެޕާޓީގެ ސަރުކާރެއް އުފެއްދޭތޯ. މިއީ ސިޔާސީ މަޝްރަހުގައި ކަން ހިނގާގޮތް.

– ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ފާޅުކަން ބޮޑުކޮށް ވަނީ ހީނަރުވެފައެވެ. އަދި މިހާރު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ދަނީ އެމްޑީޕީ ތެރެއިން ވަކި ގޮތްޕެއް ހަދައިގެންނެވެ. ރިޔާސީ އިންތިހާބުގައި ރައީިސް ސޯލިހާއިއެކު ނުހުންނަވާނެ ކަމަަށް ނަޝީދު ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.