ޖުމްހޫރީ ޕާޓީގެ އެތެތޭގެ އިންތިޚާބުގެ ވޯޓުލުމާއި ގުނުމުގެ ޕްރޮސެސް ކުރިޔަށްދަނީ ދެފުށް ފެންނަ ގޮތަކަށް ކަމުގައި ޖޭޕީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި، ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ވޯޓުލާއި ނިމިފައިވާއިރު މިހާރު ކުރިޔަށްދަނީ ވޯޓް ގުނުމުގެ ކަންކަމެވެ.
ވޯޓްގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޖޭޕީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަލީ ހުސައިން ވިދާޅުވީ، ވޯޓް ލުމާއި ގުނުމުގެ ކަންކަން ކުރިޔަށްދަނީ ވަރަށް އިންސާފުވެރިކަމާއި އެކު، ހުރިހާ މެމްބަރުންގެ ބައިވެރިވުމާއިއެކުގައިކަަމަށެވެ.
އަލީ ހުސައިން ވިދާޅުވީ، ވޯޓް ގުުނުމަށް އެކަށީގެންވާ ވަގުތެއް ނަގާނެކަަމަށާއި، ބެލެވޭ ގޮތުގައި އެންމެ މަދުވެގެންވެސް ހަތަރު ގަޑިއިރުވެސް މިކަމަށް ނަގާފާނެކަމަށެވެ. 25 މަގާމަކަށް 64 ބޭފުޅަކު ކުރިމަތިލައްވާފައިވާކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ، ވޯޓާއި ބެހޭ އިދާރީ ހުރިހާ ކަމެއްވެސް ކުރިޔަށްގެންދާނީ އިންތިހާބާއި އެއްވެސް ގުޅުމެއް ނެތް މީހުންކަމަށެވެ. އެގޮތުން އެއްވެސް ކެނޑިޓޭޓަކަށް ކެމްޕޭންކުރުމުގައި ބައިވެރިވެފައިވާ ފަރާތެއްވެސް ވޯޓު ގުުނުމުގައި ހަރަކާތްތެރި ނުވާނެކަމަށެެވެ.
ވޯޓުލާ ނިމި، ވޯޓް ގުނުމުގެ ކަންކަން ކުރިޔަށްދާއިރު، މިއީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން ހޮވުމަށް ކުރިޔަށްގެންދާ އިންތިހާބެވެ.
ޖޭޕީގެ ވޯޓުގެ ކަންކަން ކުރިއަށްދާތީ އެޖެންޑާގައި ހުރި ކަންކަމުގެ ތެރެއިން ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރުމާއި މެދު ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސް ވަނީ ނުފެށި ލަސްވެފައެވެ.
One Response
ދާނީ ދެފުއް ފެންނަގޮތަށެވެ. ކަމެއް ނިންމޭނީ ގާސިމު ބޭނުންވާ ގޮތަށެވެ.