މީގެ ދެ ދުވަހެއް ކުރިން ބޮލީވުޑްގެ އެންމެ ނަން ހިނގާ އެއް ތަރި ކަމުގައިވާ އާލިއާ ބަޓް ވަނީ ޕަޕަރާޒީންގެ އުދަގޫ ބޮޑުވެގެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިއެވެ.
އާލިއާ ބަޓް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާގެ ޕްރައިވެސީ އަށް އަރައިގަތް ކަމަށް ބުނެ މީޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައި މިވަނީ އޭނާގެ ގޭގައި އިންދަ ފޮޓޯތަކެއް ނަގައި ވައިރަލް ވުމާއި ގުޅިގެންނެވެ. އޭނާ ބުނެފައި ވާ ގޮތުގައި އޭނާ ގޭގައި އިންދައި ނަގައިފައިވާ އެ ފޮޓޯ ތަކަކީ ޖެހިގެން ހުރި އަވައްޓެރި ގޭގެ ޓެރަސް އަށް އަރައިގެން ދެ ފިރިހެނަކު ނެގި ފޮޓޯތަކެއް ކަމަށެވެ.
ޕަޕަރާޒީންނާއި މީޑިއާގެ މި އަމަލުން ހައިރާންވާ ކަމަށާއި އަދި މިއީ ތަންކޮޅެއް ބޮޑު ވަރުކަމަށް ބުނެ އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިއެވެ. އަދި އޭނާ ވަނީ މުމްބާއީ ފުލުހުންނަށް ވެސް އެކަން އަންގައިފައިއެވެ.
ރިޕޯޓްތަށް ހާމަކުރާ ގޮތުގައި ރަންބީރު ކަޕޫރަކީ ފެށުނީންސުރެވެސް މީޑިއާ އާއި ވަރަށް ބީރައްޓެހި މީކެވެ. އަދި މި ކަމުގެ ސަބަބުން ރަންބީރު ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައިކަމަށާއި ކަމަށާއި އަދި ހަރުކަށި ފިޔަވަޅެއް އެޅުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަށް ބުނެފައިވެއެވެ.
ރަންބީރު މިވަގުތު އުޅެނީ ވަރަށް ބިޒީ ކޮންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް "އެނިމަލް" ގެ ޝޫޓިންގައި ބިޒީވުމުގެ އިތުރުން އޭނާގެ ކުރިއަށް އޮތް ފިލްމު "ތޫ ޖޫތީ މޭ މައްކަރް" ގެ ޕްރޮމޯޝަން ވެސް އަންނަނީ ކުރަމުންނެވެ. ރަންބީރަށް ވެސް އެކަން އެނގުނީ ޕްރައިވެސީ އިންވޭޝަންއާ ބެހޭ ގޮތުން އާލިއާ ބަޓް ކުރި ޕޯސްޓުން ކަމަށާއި އެފަދަ ކަމެއް ދެން ނުވާނެ ގޮތަށް ސެކިއުރިޓީ ވަރުގަދަ ކުރަން އޭނާ ވަނީ ނިންމައިފަ އެވެ.
އޭނާ ހުރީ މިކަމާއި އައި ރުޅި އާއި އެއްވަރަށް ދެރަ ވެފައިކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައިއެވެ. އެއީ އޭނާ އަކީ ހުރިހާ ޝަޓަބަގްތަކާ ވެސް ރަނގަޅު ގުޅުމެއް ބާއްވަމުން އަންނަ މީހެއް ކަމަށާއި އެ މީހުންގެ އަންހެން ދަރިފުޅު ރަހާ ގެ ފުރަތަމަ ފޮޓޯ އެ މީހުންނަށް ދައްކައި، އެ މީހުން އެކުއްޖާގެ ފޮޓޯ ނުނެގުމަށްވެސް ރަންބީރު ވަނީ ރިކުއެސްޓް ކޮށްފައިއެވެ.
ރަންބީރު ވަރަށް އަވަހަށް ޕަޕރާޒީން ނަށް އެމީހުންގެ ގޭގެ ފޮޓޯތަށް އެފަދައިން ނުނެގޭނެ އިންތިޒާމް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ރަންބީރަކީ އޭނާގެ އާއިލާ އާއި ހާއްސަކޮށް އޭނާގެ އަންހެން ދަރިފުޅު ރަހާ. ދޭތެރޭ ވަރަށް ބޮޑަށް ޕްރޮޓެކްޓިވް މީހެއް ކަމަށާއި އޭނާ ބޭނުންވަނީ ކޮންމެ ކުއްޖަކު ފަދައިން އާދައިގެ ދިރިއުޅުމެއް އުޅެން ކަމަށްވެސް ބުނެފައި ވެއެވެ.