މެމްބަރު ޔައުގޫބްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި

މެމްބަރު ޔައުގޫބްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި

Author
ހުސެއިން
22 ފެބްރުއަރީ 2023 10:26
0

ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބުދުﷲގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުގެ ނެރެފިއެވެ.

މަޖިލިހުގެ ތަޅުން ދޫކޮށް ދިމަށް ޔައުގޫބުގެ ނަން އިއްވާފައިވަނީ، ރައްޔިތުންގެ މަޖިލިހަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ހުށަހެޅުއްވި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލާ ގަރާރުގެ ބަހުސް ކުރިޔަށް ދަނިކޮށް، މަޖިލިހުގެ ތަޅުމުގައި އަޑުގަދަ ކޮށް ނިޒާމު ނަގާލުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ.

ޔައުގޫ މަޖިލިހުގެ ތަޅުމުގައި ނުރުހުން ފާޅުކޮށް އަޑުގަދަ ކުރަން ފަށާފައިވަނީ، ގަރާރަށް ބަހުސް ކުރަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާން ފެއްޓެވުމާއި ގުޅިގެންނެވެ.

އިލްޔާސް ވާހަކައާއެކު، ޔައުގޫބު އަޑުގަދަ ކުރައްވަމުން ގެންދެވިއިރު، އިލްޔާސް ލަބީބުވެސް ގެންދެވީ އޭނާއަށް ރައްދު ދެއްވަމުންނެވެ.

ކިރު ދަޅުން ބޮޑުވި ވަރު އެ މީހުންނަށް އެނގޭ، ޔައުގޫބް ދާއިރާގެ ދާންދޫ ރައްޔިތުން ކަންބޮޑުވޭ.

ޔަގޫބަށް ރައްދު ދެއްވަމުން އިލްޔާސް ވިދާޅުވިއެވެ.

އެއަށްފަހު އިލްޔާސް ލަބީބުގެ ވާހަކަ ހުއްޓުވުމަށްފަހު، އަލުން އިލްޔާސަށް ފުރުސަތު ދެއްވުމާއެކު ޔައުގޫބުވަނީ ތަޅުމުގައި ހަރުއަޑުން އަޑުގަދަ ކުރައްވަން ފައްޓަވާފައެވެ. އެއާއެކު ޔައުގޫބަށް ތިންފަހަރަށް ނަސޭހަތް ދެއްވުމަށްފަހު ނަޝީދުވަނީ ޔައުގޫބުގެ ނަން އިއްވާފައެވެ.

އެއަށްފަހު ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީ އަޑުގަދަ ކުރައްވަން ފެއްޓެވުމާއެކު ނަޝީދުވަނީ އޭނާއަށްވެސް ނަސޭހަތް ދެއްވާފައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.