އާޖެންޓީނާގައި ގައުމީ ހިތާމައިގެ ތިން ދުވަސް ފާހަގަ ކުރަނީ

އާޖެންޓީނާގައި ގައުމީ ހިތާމައިގެ ތިން ދުވަސް ފާހަގަ ކުރަނީ

Author
އިބްރާހީމް ސާޢިދު
26 ނޮވެމްބަރ 2020 12:25
0

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާގެ މަރުވުމުގެ ގައުމީ ހިތާމައިގެ ދުވަހުގެ ގޮތުގައި ތިން ދުވަސް ފާހަގަ ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިއަދު ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އާޖެންޓީނާ އިން ކަނޑައަޅާފައިވާއިރު މެރެޑޯނާ އަކީ އެގައުމުގެ ތާރީހުގައި ފުޓްބޯޅައިން އެންމެ އުސް ހަރުފަތްތައް ގިރާކޮށް މުޅި ދުނިޔޭގެ އިހްތިރާމާއި ލޯބި ހޯދާފައިވާ ޝަހްސިއްޔަތެކެވެ. މަރުވުމާ ހަމައަށްވެސް ފުޓްބޯޅައަށް ހިދުމަތް ކޮށްދިނުމުގައި ކޯޗެއްގެ ގޮތުގައި ހުރި މެރެޑޯނާ މަރުވީ ބުދަދުވަހު އޭނާގެ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ. އިއްޔެ މެރެޑޯނާގެ ހަށިގަނޑުގެ ފޯސްޓް މޯޓަމް ހެދުމަށް ނިންމާފައިވާއިރު  އޭނާގެ ހަށިގަނޑު ބާއްވަން ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައި ކާސާ ރޮސާޑާގައެވެ. ދާދިފަހުން މެރެޑޯނާ ވަނީ ސިކުނޑީގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

މެރެޑޯނާގެ މަރާއި ގުޅިގެން އިއްޔެ ޗެމްޕިއަންސް ލީގްގައި ކުޅުނު މެޗުތައް ފެށުމުގެ ކުރިން ވަނީ މެރެޑޯނާއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ އެއް މިނިޓްގެ ސުކޫތެއް ގެނެސްފައެވެ. އަދި މިހަފްތާއި ޔޫރަޕްގައި ކުރިޔަށްދާ ހުރިހާ މުބާރާތްތަކެއްގެ މެޗުތައް ފެށުމުގެ ކުރިން އެއް މިނިޓްގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށް ވަނީ ނިންމާފައެވެ

މެރެޑޯނާގެ ފުޓްބޯޅައިގެ ހަޔާތުގައި އޭނާ ކުޅެފައިވަނީ ބާސެލޯނާ އަދި ނަޕޯލީއަށެވެ. އާޖެންޓީނާ އިން 1986 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރިއިރު މެރެޑޯނާ އަކީ އެޓީމުގެ ކެޕްޓަންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.