މިއީ ދިވެހި ތާރީހުގައި ރައްޔިތުން ތަޖުރިބާކުރި އެންމެ އަނިޔާވެރި، ޣަދަރުވެރި، ޚިޔާނާތްތެރި ވެރިކަން ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ސަރުކާކަރަށާއި، ރައީސް ޞާލިހަށް އަމާޒުކޮށް އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދު ދިވެހިން ތަޖުރިބާ ކުރަމުންދާ ވެރިކަމަކީ ވަރަށް އަނިޔާވެރި ވެރިކަމެއްކަމަށެވެ. މިވެރިކަމުގައި ދިވެހިންނަށް އެތަކެއް އަނިޔާއެއް ލިބި ހިއްދަތިކަން ކުރިމަތިވެފައިވާކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އިންޑިއާއަށް ވިއްކާލައި އަނިޔާވެރިކަން މިސަރުކަރުން އިސްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ދިވެހިންގެ މިނިވަންކަމާއި ސިޔާސަތު ގެއްލި ޤައުމުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވެރިކަމަކީ މިހާތަނަށް ދިވެހި ގައުމު ތަޖުރިބާކުރި އެންމެ އަނިޔާވެރި، ޣަދަރުވެރި، ޚިޔާނާތްތެރި ވެރިކަން. އަނިޔާވެރިވީ ރައްޔިތުންނަށް. ޣައްދާރުވީ ގައުމަށް. ޚިޔާނާތްތެރިވީ ދައުލަތަށް. ނަގާލީ މިނިވަންކަން. ހޯދީ އަޅުވެތިކަން. ޖެއްސީ އިންޑިޔާގެ ދަރަނި ދައްތުރައެއްގައި.
– އަދުރޭ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ގާތްވަމުންދާއިރު އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބަށް ނެރެން ނިންމި ރައީސް ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މިއާއިއެކު އެޕާޓީއަށް ވަނީ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ވަގުތު ހުސްކުމުގެ ބަދަލުގައި މަގުމަތީގައި މުޒާހަރާ ކުރަންޖެހިފައެވެ. ޕީޕީމްއާއި އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އެބޭފުޅުންގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެެޔަކު މާލޭގެ މަގުތަކުގައި އިދިކޮޅު ކޯލިޝަނުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިމުޒާހަރާތަކުގައު އެކޯލިޝަންގެ އިސްވެރިންވެސް ބައިވެރިވެއެވެ.
ކޮމެންޓު ފޮނުވާ