"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފި

"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފި

Author
ޙަސަން މުޙައްމަދު
13 ފެބްރުއަރީ 2023 12:26
0

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އިލެކްޝަން ކޮމިޝަން (އީސީ)ން ހުއްދަ ދީފިއެެވެ.

އީސީން ބުނީ،"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފައްދަން ޖާބިރަށް ހުއްދަ ދީފައިވާ ކަމަށެވެ.

މަޖިލީހުގައި ދައްކަވަމުން ޖާބިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އޭނާއަށް ޕާޓީއެއް ހެދުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި ޕާޓީ އުފެއްދުމަށް ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބިގެންދާނެ ކަމުގެ އުންމީދު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. މިޕާޓީއަކީ ތިމާވެއްޓާއި ރައްޓިހި ގޮތަކަށް ރައްޖޭގެ މާހައުލާއި ގުޅޭގޮތަށް އުފައްދާ ޕާޓީއެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މި ޕާޓީ އުފެދުމާއެކު ޒުވާނުންނަށް ހާއްސަ ކަމެއް ދެއްވާނެ ކަމަށާއި ޕާޓީގެ މަޤްސަދަކީ މުޅި ރާއްޖެ ގްރީން ކުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ލީޑަރުކަން ކުރާ ޑީއާރްޕީގެ މެންބަރުން ހަމަނުވެގެން އެޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

ޑީއާރުޕީގެ މައްސަލަ ކޯޓުގައި އޮތުމުން ވަގުތު ބޭކާރުކޮށްނުލުމަށް ޑީއާރުޕީއިން ޖާބިރު ވަނީ ވަކިވެފައެވެ. އެކަން އީސީއަށްވެސް އޭނާ ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.